ads
ސީޕީ އަލި ޝުޖާއު
ޒުވާނުންގެ މުޒާހަރާތައް ފަށާފައިވަނިކޮށް: ޕޮލިސް ކޮމިޝަނަރު މަގާމުން އިސްތިއުފާ ދެނީ
ޔުމްނު ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން ޒުވާނުން މަގުމައްޗަށް ނިކުމެ އިހުތިޖާޖުކުރަން ފަށާފައިވަނިކޮށް، ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.
Advertisement

ޝުޖާއުގެ އިސްތިއުފާ ދެއްވަނީ މިމަހުގެ 18 ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތާމެދު ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށެވެ.

މި މައްސަލައިގައި ހިމެނޭ ބައެއް ކަންކަން ސިއްރުކުރަން ފުލުހުން މަސައްކަތްކުރާކަމަށް ބުނެ ޒުވާނުން ކޮންމެ ރެއަކު މަގުމައްޗަށް އެއްވެ އަޑުއުފުލަމުން ގެންދެއެވެ. މި އިހުތިޖާޖުތަކުގައި ކޮމިޝަނަރު ޝުޖާއު އާއި، ޓްރާންސް ޕޯޓު މިނިސްޓަރު މުހައްމަދު އަމީނާއި ހޯމް މިނިސްޓްރީގެ އަލީ އިހުސާންގެ އިސްތިއުފާއަށް ވަނީ ގޮވާލާފައެވެ. ފުލުހުން ބުނެފައިވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށާއި، އެ ހާދިސާ ހިނގިއިރު ގާތުގައި ހުރީ ރައުދު އަހުމަދު ޒިލާލް އެކަނި ކަމަށެވެ.

ފުލުހުން އާންމުކުރި ސީސީޓީވީ ފުޓޭޖުން ދައްކާގޮތުން، ޔުމްނުއާއި ރައުދު ހ. ފެންޓޯނިއާއަށް ވަން އިރު ދެމީހުންވެސް ތިބީ މަސްތުގެ ހާލުގައެވެ. ޔުމްނު ވެއްޓުނީ ފެންޓޯނިއާ ގޭގެ ފެންލައިޓުން ކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައިގައި ރައުދު ފަސް ދުވަހަށް ބަންދުކޮށްފައިވާއިރު، މައްސަލައާ ގުޅުންހުރި ނުވަ މީހެއްގެ ޕާސްޕޯޓާއި ފޯނު ވަނީ ހިފަހައްޓާފައެވެ.

މައްސަލައިގައި ޓްރާންސް ޕޯޓު މިނިސްޓަރު އަމީން ދިރިއުޅުއްވާ ގެއާއި އޭނާއަށް ބޮޑުބޭބެ ކިޔާ ދެމީހުން ޝާމިލުވާކަމަށް ބެލެވުނު ނަމަވެސް، މައްސަލައަށް ނުފޫޒު ނުފޯރުވާކަމަށް އަމީން ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް