ads
ޔުމްނުގެ ދިފާއުގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން - ފޮޓޯ: ހިސާން ހުސެން ޓުވިޓާ
ޔުމްނުގެ މައްސަލައިގައި ސަރުކާރާއި އެމްޑީޕީ ދެމެދު ބަހުސް ހޫނުވަނީ
ހ. ފެންޓެނޯއީގެ ނުވަވަނަ ފަންގިފިލާއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ޒުވާނުން ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން ސަރުކާރާއި އެމްޑީޕީ ދެމެދު ބަހުސް އިތުރަށް ހޫނުވެއްޖެއެވެ.
Advertisement

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ މި މުޒާހަރާތައް ސިޔާސީ ކުރުމުގެ ބަދަލުގައި ޒުވާނުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރަށް މިރޭ ގޮވާލައްވާފައެވެ. 

ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ޒުވާނުން ކުރަމުންދާ މުޒާހަރާތައް އެމްޑީޕީއާ ގުޅުވަން ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން މަސައްކަތްކުރަމުންދާތީ ހިތާމަކުރައްވާ ކަމަށެވެ.

ފައްޔާޒު މިހެން ބުނެފައިވަނީ ބާރަށު ދާއިރާގެ މަޖިލިސް މެންބަރު ސުޖާއު ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. ސުޖާއު ވިދާޅުވެފައިވަނީ އެމްޑީޕީން ޒުވާނުން ކުރާ އިހުތިޖާޖުތަކުން މަންފާ ހޯދަމުންދާ ކަމަށާއި އެމްޑީޕީން މި އިހުތިޖާޖު ބޭނުންކޮށްގެން ފައިސާ ހޯދަމުންދާ ކަމަށެވެ. މިއާ ދެކޮޅަށް ފައްޔާޒް ވިދާޅުވެފައިވަނީ މި ވަގުތު ގައުމަށް އެންމެ މުހިންމީ ޒުވާނުންގެ ކަންބޮޑުވުންތަކުގެ އަޑު އަހައި އެކަންކަމަށް ހައްލު ހޯދައިދީ މުއައްސަސާތަކަށް އިތުބާރު ހޯދަން މަސައްކަތްކުރުން ކަމަށެވެ.

މި މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވެސް ވަނީ ޔުމްނު ވެއްޓުނު ހާދިސާގެ ޒިންމާ އުފުލަންޖެހޭނީ އެމްޑީޕީން ކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ "ބިރަކާ ނުލައި މަޖާކުރުން" ޕްރޮމޯޓްކުރި ފަރާތްތަކުން މީގެ ޒިންމާ ނަގަންޖެހޭނެ ކަމަށެވެ. މިއީ 2013 ވަނަ އަހަރު އެމްޑީޕީން ހުށަހެޅި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ސިޔާސަތަކަށް އިޝާރާތްކުރައްވައި ދެއްކެވި ވާހަކައެކެވެ. ފައްޔާޒް ވަނީ ރައީސްގެ މި ވާހަކަތައް ވެސް ކުށްވެރިކުރައްވައި، ތެދު މައުލޫމާތު ހާމަކުރެއްވުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް