ads
ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މިރޭ ކުރި މުޒާހަރާގެ ތެރެއިން - ފޮޓޯ: ހިސާން އެކްސް
ޒުވާނުން ބުނަނީ ފުލުހުން ކުށްކުރާވަރު މާ ގިނަ ކަމަށް
އާންމު ރައްޔިތުންނަށްވުރެ ފުލުހުންގެ ތެރޭގައު ކުށްކުރާ މިންވަރު މާ ގިނަކަމަށް، ހައްވާ ޔުމްނު ރަޝީދު އަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މުޒާހަރާ ކުރި މީހުންގެ ތެރެއިން މީހަކު ބުނެފިއެވެ.
Advertisement

މުޒާހަރާގެ ބައިވެރިންނާއި ވާހަކަ ދެއްކި ޒުވާނަކު ބުނީ ދިވެހިރާއްޖޭގެ އާބާދީގައި ފަސް ލައްކަ މީހުން އުޅޭއިރު، ހަފްތާއެއްގެ ތެރޭގައި ކުރަނީ ގާތްގަނޑަކަށް 40 ކުށްކަމަށެވެ. ނަމަވެސް ފުލުހުންގެ ތެރޭގައި ފަސް ހާސްވަރަކަށް މީހުން އުޅޭއިރު ކޮންމެ ހަފްތާއަކު ހަތަރު ވަރަކަށް މައްސަލަ ފުލުހުންގެ ތެރެއިން ކުށުގެ ގޮތުގައި ބަލައި ރިޕޯޓު ކުރާކަމަށް އޭނާ ބުންޏެވެ. 

"ޒުވާނުން ހާއްސަކޮށް އިންސާފު ހޯދަން ނުކުމެ މިތިބީ މަގުމައްޗަށް ދިވެހި ފުލުހުންގެ މުއައްސަސާ އެކީއެކައްޗަކަށް ފެއިލްވެ ދިޔައީމަ. ވެރިކަންތައް ދަމަހައްޓަން އެމީހުން ކޮށްފާނެ ކޮންމެ ފަދަކަމެއްވެސް. އެކަން އެނގެނީ ޔުމްނުގެ މައްސަލައިގައި ދޮގު މައްޗަށް ދޮގު، ދޮގު މައްޗަށް ދޮގު،" ކަމަށް އޭނަ ބުންޏެެވެ.

ޔުމްނުއަށް އިންސާފުހޯދައި ދިނުމަށް ގޮވާލައި މިރޭވެސް ގިނަ ބަޔަކު ވަނީ މަޖީދީ މަގުގައި ހުންނަ ފުލުހުންގެ އިމާރާތްކައިރިއަށް އެއްވެފައެވެ. 

މުޒާހަރާގެ ބައިވެރިން ވަނީ ޔުމްނުއަށް އިންސާފުހޯދައިދިނުމަށާއި، ފުލުހުންގެ ތަހުގީގު އިންސާފުވެރިކޮށް ހިންގުމަށް ގޮވާލައިފައެވެ. އަދި ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ޓްރާންސް ޕޯޓު މިނިސްޓަރު އަމީން އިސްތިއުފާއަށް ދިއުމަށް ގޮވާލާފައިވެއެވެ.

މިރޭމީ ޒުވާނުން ނުކުމެ ސިލްސިލާކޮށް މުޒާހަރާކުރާ ހަތަރު ވަނަ ރެއެވެ. ކޮންމެ ރެއަކުވެސް މުޒާހަރާތައް 12 ޖެހުމާއެކު ނިންމާލައެވެ.   

މިމަހުގެ 18 ވަނަ ދުވަހު ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު، ޔުމްނު ވަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިރޭ މެލޭޝިއާއަށް ގެންގޮސްފައެވެ.

ޔުމްނުގެ ބޭސްފަރުވާއަށް ގިނަ އަދަދެއްގެ ފައިސާ ބޭނުންވާތީ، މިއަދު ޓިކްޓޮކްގައި ފަންޑްރައިޒިން ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަރަކާތަކީ ޝެހެނާޒް މޫސާ އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ޓިކްޓޮކް ހަރަކާތުގެ ތެރެއިން މިހާތަނަށް 565,501.21 ރުފިޔާ އަދި 11,015.95 ޑޮލަރު ހޯދިފައިވާއިރު، މުޅި ޖުމުލަ 735,367.16 ރުފިޔާ ހޯދިފައިވެއެވެ. މި ހަރަކާތާ ގުޅޭގޮތުން ޝެހެނާޒް މޫސާ ބުނީ މިއީ އޭނާ އިސްނަގައިގެން ކުރިއަށް ގެންދިޔަ މަސައްކަތެއް ނަމަވެސް، ރައްޔިތުންގެ މަސައްކަތް ކަމަށެވެ. އަދި އެންސް ޕާއިން ވެސް ވަނީ 25،000 ޑޮލަރު ޔުމްނުއަށް ދީފައެވެ. 

މި މައްސަލައިގައި ފުލުހުން ވަނީ ޔުމްނު ހިމެނޭހެން 9 މީހެއްގެ ފޯނި ހިފަހައްޓާރި މއ.މާންދޫގެ ދެކުނުގެ ޓެރަސް އާއި އެ ގޭގެ 2 އަދި 4 ވަނަ ފަންގިފިލާ އަދި ކަށިވެލި ގޭގެ 3 ވަނަ ފަންގިފިލާ ވެސް ބަލައިފާސްކޮށްފައެވެ. އަދި މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، އުމުރުން 21 އަހަރުގެ ރައުދު އަހްމަދު ޒިލާލް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ބަންދަށް ވަނީ ފަސް ދުވަސް ޖަހާފައެވެ

ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް 21 އަހަރުގެ ޔުމްނު ވެއްޓިފައި އޮއްވައި މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ފެނިފައިވާއިރު، އޭނާ ވެއްޓިފައިވަނީ ހ. ފެންޓޯނިއާގޭގެ ފެންލައިޓަކުންކަމަށް ބެލެވޭކަމަށް ފުލުހުން ބުނެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް