
ގެއްލިގެން ހޯދަމުން އަންނަ ތ. ތިމަރަފުށި، ސަލްވާ، އުމުރުން 31 އަހަރުގެ ފާތިމަތު ޝަހުދާ
މާލެ އިން އަންހެނަކު ގެއްލިގެން ހޯދަނީ
މުހައްމަދު އާދަމް އަހްމަދު
27 އޭޕްރީލް 2025 - 13:50:15
މާލެ އިން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަނީ ތ. ތިމަރަފުށި، ސަލްވާ، އުމުރުން 31 އަހަރުގެ ފާތިމަތު ޝަހުދާއެވެ.
ފުލުހުން ބުނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ޝަހުދާގެ ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައި 24 ވަނަ ދުވަހުގެ ރޭކަމަށެވެ.
ޝަހުދާ އެންމެ ފަހުން ފެނިފައި ވަނީ އަލިކިލެގެފާނުމަގު ސިޓީ ޕާކް ސަރަހައްދުންކަމަށާއި އޭރު ލައިގެން ހުރީ ފެހި ކުލައިގެ ހެދުމެއްކަމަށް އާއިލާއާއި ހަވާލާދީ ފުލުހުން ބުނެއެވެ.
މީނާއާއި ބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަން ނަންބަރު 9792269 އަށް ގުޅައި ހިއްސާކޮށް ދޭން ފުލުހުން ވަނީ އެދިފައިވެ އެވެ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް