ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ޒަކިއްޔާގެ މަރަށް އިންސާފު ހޯދައިދިނުމަށް އެދި ހޮޅުދޫގެ ގިނަ ބަޔަކު އެއްވެ އަޑު އުފުލަނީ - ފޮޓޯ/އަރީޝާ
ޒަކިއްޔާގެ އާއިލާއިންވެސް އެދުނީ ފުލުހުން ދުރުކޮށް ކޮމިޝަނެއް ހަދަން
ނ. ހޮޅުދޫ ގެއެއްގެ ތެރޭގައި މަރުވެފައިވާ އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައި ފުލުހުން ދުރުކޮށް، އެ މައްސަލަ ތަހުގީގު ކުރަން ކޮމިޝަނެއް އެކުލަވައިލުމަށް ޒަކިއްޔާގެ އާއިލާގެ ފަރާތުން އެދެފިއެވެ.
Advertisement

ޒަކިއްޔާގެ އާއިލާގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލަ ތަހުގީގު ކުރުމުގެ ބަދަލުގައި ފުލުހުން އުޅެނީ ކަންކަން ފޮރުވަން ކަމަށެވެ. އަދި ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ ފަރާތުން ބޮޑެތި އިހުމާލުތަކެއް ފެނިފައިވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ. 

ޒަކިއްޔާގެ އާއިލާއިމް ނެރުނު ބަޔާނުގައި ބުނީ އެ އާއިލާއިން އެދެނީ އެ މައްސަލައިގެ ތަހުގީގުން ފުލުހުން ދުރުކޮށް ދިނުމަށްކަމަށެވެ. އަދި  ފުލުހުން ތަހުގީގު ހިންގި ގޮތުގެ އިންކުއަރީއެއް ހަދާ ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގު ކުރަން ކޮމިޝަނެއް އުފައްދަންވެސް އާއިލާއިން ވަނީ އެދިފައެވެ. 

" ދިވެހިރާއްޖޭގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ އަށް އާއިލާގެ ފަރާތުންކުރާ އިލްތިމާސްއަކީ މި މައްސަލައިގެ ތަހުގީގުން ފުލުހުން އެކެހެރިކޮށްދެއްވައި ފުލުހުންގެ ތަހުގީގާ ގުޅޭ ހާއްސަ އިންކުއަރީއެއް ހައްދަވައިދެއްވައި، މިކަމަށް ހާއްސަ ކޮމިޝަނެއް އުފައްވައިދަވައިދެއްވުން،" ޒަކިއްޔާގެ އާއިލާއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގަ އެވެ.

ޒަކިއްޔާގެ އާއިލާ އިން ތުހުމަތުކުރަނީ އޭނާ މަރާލީ ކަމަށެވެ. އެހެންވެ، ރަށުގައި އިންސާފަށް ގޮވާލައި ދޭތެރެއަކުން މުޒާހަރާ ވެސް ދަނީ ކުރަމުންނެވެެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް