މި ލޯނަކީ ބިން ގަތުމަށާއި، ވިޔަފާރި ހިންގާ ތަންތަނާއި، ގަރާޖު ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދޫކުރާ ލޯނެއްކަމަށް އެ ބޭންކުން ބުނެއެވެ.
ބީއެމްއެލްއިން ތައާރަފުކޮށްފައިވާ މި ލޯނުގެ އިންޓަރެސްޓު ރޭޓަކީ 12 ޕަސަންޓެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް ފްލެކްސިބަލް ރީޕޭމަންޓް ޓާމްސްތަކެއް ހަމަޖައްސައިދީފައިވާއިރު، ގްރޭސް ޕީރިއަޑެއްވެސް ދެއެވެ. މީގެ އިތުރުން، މި ލޯނު ނެގުމަށް އިތުރު ސެކިއުރިޓީއެއް ބޭނުމެއް ނުވާކަން ބޭންކުން ފާހަގަކޮށްފައިވެއެވެ.
ވިޔަފާރިވެރިންނަށް ފަސޭހަވާނެ ގޮތަށް ތައްޔާރުކޮށްފައިވާ މި ލޯނަކީ ވިޔަފާރިތައް ފުޅާކުރުމަށާއި، އާ ވިޔަފާރިތައް ފެށުމަށް ބޭނުންވާ ބިންބިމާއި ތަންތަން ހޯދުމަށް އެހީތެރިވެދޭނެ ލޯނެއްކަމަށް ބީއެމްއެލްއިން ބުނެއެވެ.