ads
ސޮނެވާއިން ބ. އަތޮޅުގައި ހިންގަމުން އަންނަ ސޮނޭވާ ފުށި ރިސޯޓު - ފޮޓޯ:ސޮނެވާ
ސޮނެވާފުށި 448,375 ރުފިޔާއިން ޖޫރިމަނާކޮށްފި
ބ. ނެލިވަރު ސަރަހައްދަށް ހުއްދަ ނެތި ވަދެ، ގަވާއިދާ ހިލާފު އެތައް އަމަލުތަކެއް ހިންގި ކަމަށް ބުނެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން، ސޮނެވާފުށި ރިސޯޓް 448,375 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
Advertisement

އީޕީއޭއިން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ 18 ޑިސެމްބަރ 2024 ގައި ސޮނެވާފުށީގެ މުވައްޒަފުންނާއި ޓޫރިސްޓުން އެކުވެގެން ޖުމްލަ 10 މީހުން، ބަޔޯސްފިއާ ރިޒަރވް އޮފީހުގެ ހުއްދަ ނެތި ނެލިވަރު ސަރަހައްދަށް ވަދެފައިވާ ކަމަށެވެ.

އީޕީއޭގެ އިއުލާނުގައިވާގޮތުން އެ ސަރަހައްދުގައި އެ ފަރާތްތަކުން ހިންގި ގަވާއިދާ ހިލާފު އަމަލުތަކުގެ ތެރޭގައި ރޭގަނޑު އަލިކުރުމާއި، އަޑުގަދަކުރުމާއި، އަލިފާން ރޯކުރުން ހިމެނެއެވެ. އަދި ބަޔޯސްފިއާ ރިޒާވް އޮފީހުގެ މަންދޫބުންނާއި ފުލުހުން އެ ސަރަހައްދު ދޫކޮށްދިއުމަށް އެންގުމުންވެސް އެއްބާރުލުން ދީފައެއް ނުވާކަމަށް ވެސް އީޕީއޭއިން ބުނީއެވެ. މިއީ ކުރިން އެ ރިސޯޓަށް އެ އެޖެންސީން އަންގާފައިވާ ގޮތާއި ހިލާފަށް ކޮށްފައިވާ ކަމެއްކަމަށްވެސް އީޕީއޭއިން ބުނެފައިވެއެވެ.

މި މައްސަލައިގައި ސޮނެވާފުށި ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނާއި ގަވާއިދުތަކާ ހިލާފުވެފައިވާކަމަށް ކަނޑައަޅައި، 448,375 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އީޕީއޭއިން އަންގާފައިވާ ގޮތުން މި ޖޫރިމަނާ ފައިސާ 23 އޭޕްރީލް 2025 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި ބަނޑޭރި ޕޭ މެދުވެރިކޮށް ދައްކަން ޖެހޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް