ads
ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބް
އަލިފާނުގެ ހާދިސާގައި ބިންވެރިޔާ ސްކީމުގެ ހާޑުކޮޕީތައް އަނދާ ހުލިވި: މުއްތަލިބު
މިދިޔަ އަހަރު ހައުސިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާގައި ބިންވެރިޔާ ސްކީމާ ގުޅޭ ލިޔުންތަކުގެ ހާޑްކޮޕީތައް އަނދާހުލިވެފައިވާކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގައި ގަލޮޅު ދެކުނު ދާއިރާ ގެ މެމްބަރު މީކާއީލު އަހްމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 

މީކާއިލްގެ ސުވާލުގައި ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު ލިސްޓުގައި ނުހިމެނޭ ބަޔަކަށް ހައުސިން ޑިވޮލެޕްމަންޓް ކޯޕަރޭޝަނުން ގޯތިތަކެއް ހަވާލުކުރަން މަސައްކަތްކުރިކަން ހާމަވެފައިވާއިރ،ު މި މައްސަލައިގެ ތަޙުޤީޤަށް ބޭނުންވާނެ އެއްވެސް ލިޔެކިޔުމެއް ހައުސިން މިނިސްޓްރީ އަނދާ ދިޔުމުގައި ނެތިގޮސްފައި ވޭތޯއެވެ. 

މި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ ބިންވެރިޔާ ސްކީމަކީ ޕޯޓަލެއް މެދުވެރިކޮށް ހިންގާ ސްކީމެއް ކަމަށެވެ. އެހެންކަމުން ގޯތި ލިބޭ މީހުންގެ ލިސްޓު ގެޒެޓްކުރެވި، އެ މަޢުލޫމާތު މިނިސްޓްރީގެ ޕޯޓަލްގައި ރައްކާކުރެވިފައިވާ ކަމަށާއި ދައުލަތުގެ މުއައްސަސާތަކުން ބަލަމުންދާ މައްސަލަތަކަށް ބޭނުންވާ މައުލޫމާތު މިހާރުވެސް ފޯރުކޮށްދެމުން ގެންދަވާކަމަށް މުއްތަލިބް ވިދާޅުވިއެވެ.

" އަލިފާނުގެ ހާދިސާގައި ބިންވެރިޔާ ސްކީމާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން ބަލަމުންދާ މައްސަލަތަކާއި ގުޅޭ ތަހުގީގަށް ބޭނުންވާ އެއްވެސް ލިޔެކިޔުމެއް ނެތިގެން ގޮސްފައިވާކަން މިހާތަނަށް ފާހަގަ ކުރެވިފައެއް ނުވޭ. އެހެން ނަމަވެސް އަލިފާނުގެ ހާދިސާ ހިނގައިގެން ދިޔައިރު އިމާރާތުގައި ހުރި ބިންވެރިޔާ ސްކީމާގުޅޭ ޑޮކިއުމަންޓްތަކުގެ ހާޑްކޮޕީ ނެތިގެން ގޮސްފައިވާކަން ފާހަގަކޮށްލަން"، މުއްތަލިބު ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީގައި އަލިފާން ރޯވެ އަނދާހުލިވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހުއެވެ. މި ހާދިސާގައި އެ މިނިސްޓްރީއާއި އިންވެގެން ހުރި ތިން މިނިސްޓްރީއެއްވެސް ވަނީ އަނދާ ހުލިވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް