ads
ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު
ޔުމްނު އާއިލާއިން ރައީސް އަރިހު އެދުނީ ދޮގު މައުލޫމާތުން ދިން ސާމިހް ވަކިކުރަން
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވަކިކުރަން އެ އާއިލާއިން ރައީސް ޑރ. މުއިއްޒު އަރިހުގައި އެދިއްޖެއެވެ.
Advertisement

މުހައްމަދު ސާމިހު އަކީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ވެސް ހެޑް އެވެ. އަދީ އޭނާއަކީ ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގުގައި އިސްކޮށް ހުރި އޮފިސަރުވެސް މެއެވެ. މީގެއިތުރުން ޔުމްނު މައްސަލާގައި ނޫސްވެރިންނާއި އެކު ފުލުހުން ބޭއްވި ސިއްރު ބައްދަލުވުމުގައިވެސް މައުލޫމާތުން ދިން އެއް އޮފިސަރަކީ ސާމިހުއެވެ. 

ރައީސް މުހައްމަދު މުއިއްޒު ޓެގްކޮށް، ޔުމްނުގެ އާއިލީ މެމްބަރެއްކަމަށްވާ މުހައްމަދު މުއުމިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ސާމިހު ވަނީ އާއިލާއަށް ތަކުރާރުކޮށް ދޮގު ހަދާފައިކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ކަންކަން އިސްލާހުކުރަން ބޭނުންނަމަ ފުރަތަމަ ފިޔަވަޅަށް އޭނާ ވަކިކޮށްދިނުމަށް މުއުމިން ވަނީ އެދިފައެވެ. 

" ހަގީގީ ބަދަލަކީ ނިޒާމުގެ ތެރޭގައި ހިމެނިއްޖެނަމަ އުނދަގޫ ކަމެއް. އެހެންނަމަވެސް ފަށައިގަނެވޭނީ ބައްދަލުވުންތަކުގައި ތަކުރާރުކޮށް އަޅުގަނޑުމެންނަށް ދޮގު ހެދި ފުލުސް އޮފިސަރު ސާމިހު މަގާމުން ވަކިކޮށްގެން. ޓެކްސް ދައްކާ ފަރާތްތަކުގެ ފައިސާ އިސްރާފުކުރަން އެއްވެސް ކޮމިޝަނެއް އުފެއްދުމުގެ ކުރިން އެކަން ކުރޭ މިއީ ފުރަތަމަ ފިޔަވަޅު" ޔުމްނުގެ ޅިޔަނެއްގެ ގޮތުގައި ހުރި މުއުމިން އެކްސްގައި ކުރި ޕޯސްޓްގައިވެއެވެ.

ޔުމްނުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ އިހްމާލު ބޮޑުކަމަށް ބުނެ އެތައް ބަޔަކު އަންނަނީ ފުލުހުންނާއި ސަރުކާރަށް ފާޑުކިޔަމުންނެވެ. އަދި މި މައްސަލާގައި ފުރަތަމަ ފަހަރަށް މީހަކު ހައްޔަރުކޮށް ތަންތަން ބަލާ ފާސްކުރަން ފުލުހުން ނިންމީ ފާޑުކިޔުންތައް އަމާޒުވެ ޒުވާނުން މަގުމައްޗަށް ނުކުތުމުން ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ. 

އޭގެކުރިން ޔުމްނު ވެއްޓުނުރޭ ބަޔަކު މަސްތުވެ ޕާޓީކުރިކަމާއި ޔުމްނު ވެއްޓުނުރޭ އޭނާއާއި އެކު ރައުދު އަހްމަދު ޒިލާލް އުޅުނުކަމާއި ކެނަބިސްއަށް ޕޮޒިޓިވްކަމާއި ޔުމްނު ވެއްޓުމުން އެކަން ނާނގާ ރައުދު ދިޔަކަން ފުލުހުންނަށް އެނގިފައި އޮތްނަމަވެސް އެއްވެސް މީހަކު ހައްޔަރުކޮށް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. 

ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގުކުރަން ރައީސް ްޑރ. މުހައްމަދު މުއިއްޒު ވަނީ ތިން މެމްބަރުން ހިމަނައިގެން ރިޔާސީ ކޮމިޝަނެއް އުފައްދާފައެވެ. އެހެންނަމަވެސް ކޮމިޝަނަށް ދެ ދުވަސްވީތަނާއި ކޮމިޝަންގެ އެއް މެމްބަރުކަމަށްވާ ޑރ. ހަބީބް ރައުދާއި އާއިލީ ގުޅުން އޮތްކަން އެނގިގެން އޭނާ އަމިއްލައަށް ވަނީ ކޮމިޝަނުން އިސްތިއުފާދެއްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް