ads
ސަލްމާން ހާން
ސަލްމާން ހާން ހުސްގަޔާ ހުރި ފޮޓޯއަކުން އިންޓަނެޓު ހޫނުކޮށްލައިފި
ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ހާން، 59 އަހަރުގެ އުމުރުގައި ވެސް ގައިގެ ވަރުގަދަކަން ދައްކާލައި، ހުސްގަޔާ ހުރި ފޮޓޯތަކެއް އިންސްޓާގްރާމްގައި ޝާއިރުކޮށްލުމުން އިންޓަނެޓު ހޫނުވެއްޖެއެވެ.
Advertisement

ޕޫލްގައި ހުރެގެން ނަގާފައިވާ މި ފޮޓޯތަކުގައި ސަލްމާންގެ ބޮޑެތި ބައިސެޕްސްތަކާއި ހަށިގަނޑުގެ މަތީބައި ވަރަށް ސާފުކޮށް ފެންނަން ހުރިއިރު، އޭނާގެ ފެންވަރު ހުރި ބުރަކަށި، ސައިޑް ޕްރޮފައިލް އަދި ތެތްވެފައި ހުރި އިސްތަށިގަނޑު ދައްކުވައިދޭ ފޮޓޯތަކެއް ހިމެނެއެވެ.

"އީލޯ ޖީ ސަނަމް ހަމް އާ ގައޭ" މިފަދައިން ކެޕްޝަން ކޮށްފައިވާ މި ޕޯސްޓަކީ، އޭނާގެ މަޝްހޫރު ފިލްމު "އަންދާޒް އަޕްނާ އަޕްނާ" އަށް ރިފަރެންސް ދީފައިވާ ޕޯސްޓެކެވެ. މި ފިލްމު އަލުން ތިއޭޓަރުތަކަށް ނެރެފައިވަނީ 2025 އޭޕްރިލް 25 ވަނަ ދުވަހުއެވެ. މި ފޮޓޯތައް ޝާއިރުކުރުމާއެކު، ސަލްމާންގެ ފޭންސުން ވަނީ ކޮމެންޓް ސެކްޝަން ފުރާލައި، އޭނާގެ ފިޓްނަސް އަށް ތައުރީފުކޮށްފައެވެ.

ފޭންސުން އޭނާގެ ލުކަށް "ބީސްޓް އެވަޓާ" އޭ ކިޔާފައިވާއިރު، "އިންޓަނެޓު އަލިފާންގަނޑަކަށް ހަދާލައިފި" ކަމަށް ވެސް ބުނެފައިވެއެވެ. ފަހަކަށްއައިސް ސަލްމާންގެ އުމުރާއި ފިޓްނަސްއާ ބެހޭގޮތުން ބައެއް ކަންބޮޑުވުންތައް ފާޅުކުރެވުނު ނަމަވެސް، މި ފޮޓޯތަކުން ވަނީ ބޮލީވުޑްގެ ފިޓްނަސް އައިކޮނެއްގެ ގޮތުގައި އޭނާގެ މަގާމު އަލުން ކަށަވަރުކޮށްދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް