ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ޑރ. ޝަހީމް އަދި އިމްރާން
އަދާލަތުގެ ރައީސްއަށް ވާދަކުރުމުގައި ޝަހީމާއި އިމްރާން ކޯޅުން ގަޑަކަށް
އަދާލަތު ޕާޓީގެ ރައީސްކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ކުރިމަތިލައްވާ ގޮތަށް ނިންމަވާ އެކަން އިއުލާންކުރުމާއިއެކު އަދާލަތުގެ މިހާރު ރައީސް އިމްރާން އަބްދުﷲއާ ދެބޭފުޅުންގެ މެދުގައި ކޯޅުންގަނޑެއް ފެށިއްޖެއެވެ.
Advertisement

މިނިސްޓާރު ޝަހީމް މިއަދު ވަނީ އޭނާ އަލުން އަދާލަތު ޕާޓިއަށް ވަންނަން ނިންމިކަން އިއުލާންކޮށްފައެވެ. އަދި މިއަހަރު ފަހުކޮޅުގައި އެޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި ވާދަކުރާނެކަންވެސް ޝަހީމް މިއަދު ވަނީ އިއުލާންކުރައްވާފައެވެ. 

މިއާއި އެކު އަދާލަތު ޕާޓީގެ މިހާރު ރައީސް އިމްރާން އަބްދުﷲ ވަނީ ޝަހީމަށް ރައްދުދެއްވާފައެވެ. އިމްރާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިގައުމު ވެއްޓިފައި އޮތް ހާލަތުން އަދާލަތުގެ ލީޑާ ޝިޕަށް ކެބިނެޓްގެ މަގާމު ދޫކޮށް ވާދަކުރައްވާނަމަ ޝަހީމަށް މަރުހަބާ ކިޔުއްވާވާނެކަމަށެވެ.

" ރައީސް މުއިއްޒުގެ ދޯހަޅިކަމާހުރެ ގައުމު ވެއްޓިފައި މިއޮތް ހާލަތުން ސަލާމަތްކުރުމަށް، ރައީސް މުއިއްޒުގެ ކެބިނެޓް ދޫކުރައްވާ ހާލިސްކަމާއެކު މުހައްމަދު ޝަހީމް އަދާލަތު ޕާޓީގެ ލީޑާޝިޕަށް ވާދަކުރައްވާނަމަ އެކަމަށް އުފަލާއެކު މަރުހަބާ ދަންނަވަން." ޝަހީމަށް ރައްދުދެއްވާ އިމްރާން އެކްސްގައި ކުރެއްވި ޕޯސްޓްގައިވެއެވެ.

އިމްރާން މި ޕޯސްޓްކުރެއްވިޔާ މާގިނައިރުތަކެއް ނުވަނީސް މިނިސްޓަރު ޝަހީމް ވަނީ އިމްރާނަށް ރައްދުދެއްވާ ބަހުގެ ހަމަލާއެއް ދެއްވާފައެވެ. މިނިސްޓަު ޝަހީމް ވިދާޅުވީ އަދާލަތު ޕާޓީގެ ލީޑާޝިޕަށް ވާދަކުރައްވަން ކެބިނެޓް ވަޒީރުކަން ދޫކޮށްލަން ޖެހި ވަޑައި ނުގަންނަވާކަމަށެވެ. އަދި އަދާލަތު ޕާޓީގެ މެމްބަރެއް މަގާމެއްގައި ހުންނަ ދުސްތޫރު މަނާނުކުރާކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

" އަދާލަތުގެ ރަޢީސްކަމަށް މެމްބަރުން އަޅުގަނޑު އިންތިހާބު ކުރައްވައިފިނަމަ ކޮންގެރެސް އިން ނިންމާ ގޮތަކަށް ޕާޓީއާ ގެން ކުރިޔަށް ދާނަން." ޝަހީމް އިމްރާނަށް ރައްދުދެއްވާ ކުރި ޕޯސްޓުގައިވެއެވެ.

އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ޝަހީމް ނިންމެވުމުން އެ ޕާޓީގެ ލީޑަޝިޕްގެ އެހެން ބައެއް ބޭފުޅުން ވަނީ ޝަހީމްގެ ނިންމެވުމަށް މަރުހަބާ ވިދާޅުވެފައެވެ.

އޭގެ ތެރޭގައި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިހު އިލްޔާސް ހުސައިނާއި އެ ޕާޓީގެ ނައިބު ރައީސް އަބްދުﷲ ރަޝީދާއި އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ޝައިހު މުހައްމަދު އަނިލް އާއި ޑރ. އިޔާޒް މުހައްމަދު ލަތީފް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް