ads
އެމްޑީީޕީގެ ލީޑާ އިބްރާހިމް މުހައްމަދު ސާލިހް
މި ފެށެނީ ސިޔާސީ ފިކުރާ ހެދި ވަޒީފާ ގެއްލުމުގެ ސަގާފަތެއް: ސާލިހް
އަނެއްކާވެސް މި ފެށެނީ ސިޔާސީ ފިކުރާހެދި ވަޒީފާ ގެއްލުމުގެ ސަގާފަތެއްކަމަށް ވިދާޅުވެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.
Advertisement

ސިޔާސީ ފިކުރަށް ބަލައި ތަފާތުނުކުރާނެކަމަށާއި، ވަޒީފާދީ، ވަކިނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ތަކުރާރުކޮށް އެކި ޕޯޑިއަމްތަކުގައި ވަނީ ވިދާޅުވެފައެވެ. އެހެންނަމެސް އިދިކޮޅު އެމްޑީޕީގެ ހަރަކާތެއްގައި ބައިވެރިވި ވެމްކޯގެ ދެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން އެތައް ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ އޭގެތެރޭގައި ސަރުކާރަށް ތާއީދުކުރާ ފަރާތްތައްވެސް ހިމެނެއެވެ. 

ވެމްކޯއިން ދެ މުވައްޒަފުން ވަކިކުރުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ ޤާނޫނު އަސާސީގެ ދަށުން ސިޔާސީ ޕާޓީތަކުގައި ބައިވެރިވެ ހަރަކާތްތެރި ވުމަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބިދީފައިވާ ހައްގަކަށް ވާއިރު އެމްޑީޕީގެ ހަރަކާތެއްގައި ބައިވެރިވުމާ ގުޅިގެން ދެ މުވައްޒަފަކު ވަޒީފާއިން ވަކިކުރި ކުރުން ކުއްވެރިކުރައްވާކަމަށެވެ. އަދި މި ފެށެނީ ސިޔާސީ ފިކުރާ ހެދި ވަޒީފާ ގެއްލުމުގެ ސަގާފަތެއްކަމަށް ސާލިހް ވިދާޅުވިއެވެ. 

" އަނެއްކާވެސް ފެށިގެންމިދަނީ ތިމާ ނިސްބަތްވާ ސިޔާސީ ފިކުރުގެ ސަބަބުން ވަޒީފާގެ ޔަގީންކަން ގެއްލިގެން ދިއުމުގެ ސަގާފަތެއްގެ ފެށުން، މިކަން ހުއްޓާލުމަށް ސަރުކާރަށް ގޮވާލަން." ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އެކްސްގައި ކުރެއްވި ޕޯސްޓުގައިވެއެވެ.

އިދިކޮޅު އެމްޑީޕީގެ ހަރަކާތެއްގައި ބައިވެރިވެގެން ވަޒީފާއިން ވަކިކޮށްފައިވަނީ ވެމްކޯގެ ހިތަދޫ ބްރާންޗުގެ މެނޭޖަރުކަމުގައި ހުރި މޫސާ މުހައްމަދާއި އެތަނުގެ އެހެން މުވައްޒަފެއްކަމަށްވާ މުހައްމަދު އަފްޒަލްއެވެ. މި ދެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުން ސަރުކާރު ހިންގާ ޕީއެންސީ މެމްބަރު އައްޑޫ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާންވެސް އެކަން ކުށްވެރި ކުރައްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް