ads
ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވާ ދަރިވަރުން: ފޮޓޯ އެމްއެންޔޫ
ޑޮކްޓަރުކަން ކިޔެވި، 15 ދަރިވަރުންނަށް އައްޑޫ ހޮސްޕިޓަލުން އިންޓާންޝިޕް
ޑޮކްޓަރުކަން ކިޔަވައިގެން އަންނަ 15 ކުދިންނަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ފުރަތަމަ ފަހަރަށް މެޑިކަލް އިންޓާންޝިޕް ހެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
Advertisement

އަތޮޅުތެރޭގެ އެންމެ ބޮޑު ޓާޝަރީ ހޮސްޕިޓަލުން ބުނީ މި ފުރުސަތަށް އެދޭ ފަރާތްތަކުން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅުމަށެވެ.

މި ޕްރޮގްރާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި މެޑިކަލް ކޮލެޖް ނުވަތަ ޔުނިވަސިޓީއަކުން ދޫކޮށްފައިވާ އެމްބީބީއެސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް އޮތުމާއި، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް އޮތުން ހިމެނެއެވެ. އަދި ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ކުށުގެ އެއްވެސް ރެކޯޑެއް ނެތުމަކީވެސް ޝަރުތެކެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ ޝަރުތު ފުރިހަމަވާ 15 އަށްވުރެ ގިނަ ފަރާތްތަކުން ކުރިމަތިލައިފިނަމަ، ބައިވެރިން ހޮވުމުގައި އިސްކަން ދޭނީ އެމްބީބީއެސް ފުރިހަމަކޮށްފައިވާ ތާރީހަށް ބަލައި، ކޯސް ފުރިހަމަކުރި ފަހުން އެންމެ ގިނަ ދުވަސްވެފައިވާ ފަރާތްތަކަށް ކަމަށެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 6885045 ނަންބަރަށް ގުޅުމަށް ނުވަތަ [email protected] އަށް މެއިލް ކުރުމަށް ހޮސްޕިޓަލުން އަންގާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް