ads
އަދާލަތު ޕާޓީއަށް ވަންނަން ޝަހީމް ފޯމު ހުށައަޅުއްވައިފި
އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަންނަވަން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުގެ މިއަދު ފޯމު ހުށަހަޅުއްވައިފިއެވެ. 
Advertisement

އަދާލަތަށް އަލުން ވަންނަން ނިންމިކަން ޝަހީމް ހާމަކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި އަދާލަތު ޕާޓީގެ ރައީސްކަމަށް ވަދަކުރައްވާނެކަންވެސް ޝަހީމް ވަނީ އިއުލާން ކުރައްވާފައެވެ. 

ސިޔާސީ ދާއިރާއަށް ޝަހީމް ވެންނެވި ޕާޓީއާ އަލުން ގުޅިވަޑައިގަންނަވަން ފޯމު މިއަދު ހުށައެޅުއްވިކަން އޭނާ ހާމަކުރެއްވީ އެފްބީގައި ކުރެއްވި ޕޯސްޓެްްގައެވެ.

އަދާލަތު ޕާޓީގެ ރައީސްކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ކުރިމަތިލައްވާ ގޮތަށް ނިންމަވާ އެކަން އިއުލާންކުރުމާއިއެކު އަދާލަތުގެ މިހާރު ރައީސް އިމްރާން އަބްދު ﷲ އާ އެއްބޭފުޅަކު އަނެއް ބޭފުޅަށް ވަނީ ބަހުގެ ހަމަލާތަކެއް ވަނީ ދެއްވާފައެވެ.

އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ޝަހީމް ނިންމެވުމުން އެ ޕާޓީގެ ލީޑަޝިޕްގެ އެހެން ބައެއް ބޭފުޅުން ވަނީ ޝަހީމްގެ ނިންމެވުމަށް މަރުހަބާ ވިދާޅުވެފައެވެ.

އޭގެ ތެރޭގައި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިހު އިލްޔާސް ހުސައިނާއި އެ ޕާޓީގެ ނައިބު ރައީސް އަބްދު ﷲ ރަޝީދާއި އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ޝައިހު މުހައްމަދު އަނިލް އާއި ޑރ. އިޔާޒް މުހައްމަދު ލަތީފް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް