ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ޒެލެންސްކީ އަދި ރައީސް މުއިއްޒު
ދުނިޔޭގެ އެންމެ ދިގު ޕްރެސް ކޮންފަރެންސްއަށް ރައީސް މުއިއްޒުގެ ޕްރެސް ކޮންފަރެންސް ވެދާނެ
ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރިއަށް ގެންދަވާ ޕްރެސް ކޮންފަރެންސް ވަނީ 12 ގަޑިއިރު ހަމަކޮށްފައެވެ.
Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރިއަށް ގެންދަވާ ޕްރެސް ކޮންފަރެންސް 12 ގަޑިއިރު ހަމަކޮށްފިއެވެ.

ހެނދުނު 10:00 ގައި ފެށުނު މި ޕްރެސް ކޮންފަރެންސް ރޭގަނޑު 10:00 އާ ހަމައަށް ކުރިއަށްދިޔައިރު، ރައީސް މުއިއްޒު ގެންދަވަނީ ހުރިހާ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ބްރޭކެއް ހަމައެކަނި ނަންގަވަނީ މަނާދު ވަގުތުތަކަށެވެ. 

ދުނިޔޭގެ އެންމެ ދިގު ޕްރެސް ކޮންފަރެންސްގެ ރެކޯޑު މިހާރު ހިފަހައްޓަވަނީ ޔުކްރެއިންގެ ރައީސް ވޮލޮޑިމިރ ޒެލެންސްކީއެވެ. 2019 ވަނަ އަހަރުގެ އޮކްޓޯބަރ 10 ވަނަ ދުވަހު ޒެލެންސްކީ ބޭއްވެވި ޕްރެސް ކޮންފަރެންސް ދެމިގެންދިޔައީ 14 ގަޑިއިރަށެވެ. އެ ޕްރެސް ކޮންފަރެންސްގައި 300 އާ ގާތްކުރާ ނޫސްވެރިންގެ ސުވާލުތަކަށް ޒެލެންސްކީ ޖަވާބު ދެއްވާފައިވެއެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ދިގު ޕްރެސް ކޮންފަރެންސް ބޭއްވެވީ ބެލަރޫސްގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯއެވެ. 2017 ވަނަ އަހަރު ބޭއްވެވި އެ ޕްރެސް ކޮންފަރެންސް ދެމިގެންދިޔައީ 7 ގަޑިއިރަށެވެ. ރައީސް މުއިއްޒުގެ ޕްރެސް ކޮންފަރެންސް މިހާރު ވަނީ 12 ގަޑިއިރު ހަމަކޮށްފައިވާއިރު، މިއީ ދުނިޔޭގެ އެންމެ ދިގު ޕްރެސް ކޮންފަރެންސްތަކުގެ ތެރޭގައި ހިމެނޭ ޕްރެސް ކޮންފަރެންސްގެ ލަގަބު މިހާރު މިވަނީ ޔަގީންވެފައެވެ. 

ނަމަވެސް ރައީސް މިހާރު ކުރިއަށްގެންދަވާ ޕްރެސްކޮންފަރެންސް އިތުރު ދެ ގަޑީރަށް ވުރެ ދިގު ކުރައްވައިފިނަމަނަ ދުނިޔޭގެ އެންމެ ދިގު ޕްރެސް ކޮންފަރެންސްގެ މަގާމު ކަށަވަރު ކުރާނެއެވެ. 

78%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް