ads
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައި އޮތް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ މަޖިލިސް
އަޒާންއާ އެއްވެސް މައްސަލައެއް ނުޖެހޭ: ރައީސް މުއިއްޒު
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމެންޓަރީ ގްރޫޕާ އެކު ގުޅުން ރަނގަޅު ކަމަށާއި، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާންއާއި ވެސް އެއްވެސް މައްސަލައެއް ނުޖެހޭކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މި ވާހަކަ ވިދާޅުވީ ޕީއެންސީގެ ބައެއް މެންބަރުންނާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ކަމަށް ބުނެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފަނު ނިސްބަތްވާ ޕީއެންސީގެ ޕީޖީ ގުރޫޕާއި ގުޅުން ރަނގަޅުކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ޕްރެސްކޮންފަރެންސްގައި ރައީސް މުއިއްޒު ވިދާޅުވީ އަޒާން އާ ދެމެދު އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށެވެ.

"އަޅުގަނޑާ އަޒާން އާ ކޮން މައްސަލައެއްތޯ ޖެހޭނީ. އަޅުގަނޑު ރެޔާއި ދުވާލު މަސައްކަތް ކޮށްގެން އައްޑޫއަށް ވެސް ގޮސް އެކި ގޮތް ގޮތުން އެހީތެރިކަން ދީ. އަޅުގަނޑު އެންޑޯސްމަންޓު ދީގެން އަޒާން އެ މަގާމަށް އައީ،" ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވިނަމަވެސް، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވަނީ ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރާ ބިލާ އަޒާން ދެކޮޅު ހެއްދަވާފައެވެ. އޭގެ ފަހުން ޕީއެންސީގެ މެންބަރުން ތިބޭ ވަޓްސްއެޕް ގްރޫޕުން އަޒާން ބޭރުކޮށްލި އެވެ. އަދި މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ވެސް އޭނާ ވަކިކޮށް އެހެން ކޮމެޓީއަކަށް ލިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް