ads
ޔުމްނު ވެއްޓިގެން އިންސާފުހޯދުމަށް ގޮވާލާ ކުރާ މުޒާހަރާ: ފޮޓޯ ސީއްއެންއެމް
ޔުމްނުގެ ހައްގުގައި ޒުވާނުން ކުރާ 10 ޑިމާންޑަށް "ފުލީ" އެއްބަސްވަން: ރައީސް މުއިއްޒު
ޒުވާނުންގެ 10 ޑިމާންޑަށް "ފުލީ" އެއްބަސްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް މިހެން ވިދާޅުވެފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައެވެ.

ރައީސް ވިދާޅިވީ އެ ޑިމާންޑުތަކަށް "ޔެސް ނޫންއެއްޗެއް ނޫންނާނެ" ކަމަށެވެ. 

ނޫސްވެރިއަކު ވަކިވަކިން ކޮންމެ ޑިމާންޑެއްގެ ސުވާލުކުރުމުން ރައީސް ވަނީ ހުރިހާ ޑިމާންޑަކަށް އެއްބަސްވެލައްވާކަމަށާއި، މި މައްސަލައިގައި ބަރޯސާވެލައްވަނީ އުފެއްދެވި ރިޔާސީ ކޮމިޝަނަށްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ރިޔާސީ ކޮމިޝަނުން ނިންމާ ނިމުންތަކާ އެއްގޮތަށް މިކަމުގައި އަމަލުކުރާނަން. ފުލީ ތިކަމާ އެއްބަސްވަން،" ޑިމާންޑުތަކާގުޅޭގޮތުން ރައީސް ވިދާޅުވިއެވެ. 

 ޒުވާނުން ކުރި ޑިމާންޑުތަކުގެ ތެރެއިން ޔުމްނުގެ މައްސަލަ ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދުމުގެ އިތުރުން ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއު މިހާރު ވަނީ އިސްތިއުފާ ދެއްވާފައެވެ.

އޭޕްރީލް 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު (21) ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސް މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނުގައި ހިމެނެނީ ޑރ. މުހައްމަދު މުނައްވަރު، ބްރިގޭޑިޔާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދު އަދި ޑރ. މުހައްމަދު ހަބީބެވެ. ރައީސް އޮފީހުން ބުނީ މި ކޮމިޝަނުން ޔުމްނުގެ މައްސަލަ ބަލައި މިނިވަން ތަހުގީގެއް ހިންގާނެ ކަމަށާއި، ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތައް ބަލައި، ޔުމްނު ވެއްޓުނު ހާދިސާގެ ހަގީގަތް ހޯދުމުގެ އިތުރުން އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

ޔުމްނުގެ މައްސަލައާ ގުޅިގެން ޒުވާނުން ކުރި މުޒާހަރާގައި ސަރުކާރުގެ އިސްވެރިންތަކެއް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. މިކަމާ ގުޅިގެން ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ ފޯ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންގެ މަގާމުން އިޒްދިޔާން މުހައްމަދު މައުމޫން ވަކިކޮށް، ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެކީގެ މަގާމުން ދައުދު އަހުމަދު މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑުކޮށްފައިވެއެވެ. ނަމަވެސް ޒުވާނުން ޑިމާންޑު ކުރި ގޮތަށް ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް