ads
ސައިކަލް ވަގަށް ނަގައިގެން ބުރު ޖަހަނިކޮށް ހައްޔަރުކުރި މީހުން
ސައިކަލެއް ވަގަށް ނަގައިގެން ހުޅުމާލޭގައި ބުރު ޖަހަނިކޮށް ހައްޔަރުކޮށްފި
ސައިކަލެއް ވަގަށް ނަގައިގެން ދުއްވި ކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
Advertisement

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. މާވަށް / ގްލޯރީ، އުމުރުން 30 އަހަރުގެ އަހުމަދު ވިސާން އާއި ގދ. ގައްދޫ / ބުލާޝަމްއާގެ، އުމުރުން 48 އަހަރުގެ މުހައްމަދު އަތީފްއެވެ.

 މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ރޭ ފަތިހު ފުލުހުން ޕެޓްރޯލު ކުރަމުން ދިޔައިރު، ފުލުހުން ފެނުމުން އެ މީހުންގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކޮށްފައިކަމަށް ފުލުހުން ބުނެއެވެ. 

ހުޅުމާލެ ދިއްގާމަގު، ބީޗް ކުލަބު ކައިރިން ސައިކަލެއްގައި ދަނިކޮށް އެ މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު އެ ސައިކަލަކީ ވަގަށް ނަގައިގެން ދުއްވަމުން ދިޔަ ސައިކަލެއްކަން ތުހުމަތުކުރެވިފައިވާކަމަށް ފުލުހުން ބުނެއެވެ. 

 މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް