ads
މަހާޒް އަދި އަޒްމިރަލްޑާ
އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން ޖޭއެސްސީން މިއަދު ނިންމަނީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރުމާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަނު (ޖޭއެސްސީ) މިއަދު ގިޮތެއް ނިންމުމަށް ތާވަލުކޮށްފިއެވެ.
Advertisement

ޖޭއޭސްސީގެ ބައްދަލުވުން ތާވަލުކޮށްފައިވަނީ މިއަދު މެންދުރު 2:00 ޖަހާއިރު ބޭއްްވުމަށެވެ.  

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް  ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަން ޖޭއެސްސީން ހެދި ކުޑަ ކޮމެޓީން ވަނީ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ލަދާފޭން ނިންމާފައެވެ. 

ކުޑަ ކޮމެޓިން ނިންމި ނިންމުމާއި ގޮތެއް ނިންމުމަށް ޖޭއްސީން ބާއްވާ ބައްދަލުވުން އާއްމުކޮށް ހުޅުވާލައިގެން ގެންދިޔުމަށް ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ އެދިވަޑައިގެންފައެވެ. އަދި އެ ބައްދަލުވުމަށް ގާނޫނީ ވަކީލަކާ އެކު ހާޒިރުވެވަޑައިގެން ދިފާއީ ހެކި ހުށަހަޅުއްވައި ވާހަކަ ދެއްކެވުމަށް ފުރުސަތު ދެއްވުމަށްވެސް ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ އެދިވަޑައިގެންފައެވެ.

މީގެއިތުރުން ތަހުގީގު ކޮމިޓީގައި މަސައްކަތް ކުރެއްވި ބޭފުޅުން ކޮމިޝަންގެ ނިންމުމުގައި ބައިވެރިވުމުގެ ފުރުސަތު ނުދިނުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ. އެ ކޮމޓީގައި ތިއްބެވީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހާއި ރައީސް މުހައްމަދު މުއިއްޒުގެ މެމްބަރު ޔަޒްމީދު މުހައްމަދާާއި ވަކީލުން ތަމްސީލްކުރާ މެމްބަރު އަލީ އަބްދުއްލަތީފްއެވެ. އަދި ބަންޑާރަ ނައިބު އަހުމަދު އުޝާމްވެސް ދުވަސް ކޮޅަކަށް އެ ކޮމެޓީގައި މަސައްކަތް ކުރެއްވިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މައްސަލަ ބަލާ ކޮމިޓީން ހަގީގަތާ ހިލާފު ރިޕޯޓެއް ތައްޔާރުކޮށްފައިވާކަމަށް ވިދާޅުވެ ޑރ. އަޒްމިރަލްދާ ޒާހިރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަނީ ސިޓީއެއް ފޮނުއްވާފައެވެ.   

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް