އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކުންފުންޏަކީ ގަތަރުގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށްވާ ޝޭހް ނާއިފް ބިން އީދު އަލް ތާނީގެ ކުންފުންޏެކެވެ.
މިކަމުގެ އެއްބަސްވުމުގައޮ ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވީ މިރޭ ކުރުނބާ މޯލްޑިވްސް ރިސޯޓުގައެވެ. މި އެއްބަސްވުމުގައި ސޮއިކުރީ ރައީސް މުހައްމަދު މުއިއްޒާއި ޝޭހް ނާއިފް ބިން އީދު އަލް ތާނީގެ ހާޒިރުގައެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުއެވެ. އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން މަރުވާން އަލްހާޖެރީއެވެ.
ޝޭހް ނާއިފް ބިން އީދު އަލް ތާނީ އާއި ޔޫއޭއީ، ސައުދީ އަރަބިއްޔާ އަދި ބައެއް އެހެން ގައުމުތަކުގެ ގިނަ ވިޔަފާރިވެރިންތަކެއް ވެސް ވަނީ މި މަޝްރޫއުގައި ބައިވެރިވާކަމަށް ވަނީ ބުނެފައެވެ. އަދި އެ ފަރާތްތަކުގެ ސިޓީއެއް ރައީސް ރައީސް މުއިއްޒަށް ވަނީ އަރުވާފައެވެ.
ގަތަރުގެ ޝާހީ އާއިލާއާ ގުޅިގެން 8.8 ބިލިއަން ޑޮލަރުގެ މާލީފްރީ ޒޯނެއް ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
މި މަޝްރޫއުގެ ދަށުން ގިނަ ތަންތަނެއް ތަރައްޤީކުރާނެކަމަށް އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ވަނީ ބުނެފައެވެ.
މަޝްރޫއުގެ ދަށުން ހަދާ ތަންތަން
އެމްއައިއެފްސީގެ ކުރެހުމެއް
އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އިން ބުނީ އެމްއައިއެފްސީގެ ނަމުގައި ގާއިމުކުރާ ސެންޓަރު ހަދަނީ ޖުމްލަ 780،000 އަކަމީޓަރުގެ ސަރަހައްދެއްގައިކަމަށެވެ. ފަސް އަހަރުގެ ތެރޭގައި ހަދާ އެ ސެންޓަރު ހަދަން ނިންމާފައިވަނީ 6،500 އަށް ވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ގޮތަށްކަމަށެވެ. އަފި އެ ތަނަށް އަދި ދުވާލަކު 35،000 މީހުން ޒިޔާރަތްކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.