ads
ގާސިމް އަދި ރައީސް މުއިއްޒު ބައްދަލުކުރެއްވުން:
ފައިނޭންޝަލް ސެންޓަރު ހަދާތީ ގާސިމްގެ ތައުރީފު ރައީސަށްް
މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނެންޝަލްސް ސެންޓަރު (އެމްއައިއެފްސީ) ގައިމްކުރުމަކީ ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބަދަލެއް ގެނުވާނެ ވަރަށް އުއްމިދީ މަޝްރޫޢުއެއްކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ތަޢުރީފްކުރައްވައިފިއެވެ.
Advertisement

ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއްކަމަށްވާ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކުންފުންޏާއި ދިވެހި ސަރުކާރާ ގުޅިގެން، 8.8 ބިލިއަން ޑޮލަރު (135.6 ބިލިއަން ރުފިޔާ)ގެ މާލީ ފްރީ ޒޯނެއް ރާއްޖޭގައި ގާއިމްކުރުމުގެ އެއްބަސްވުމުގައި ރޭ ވަނީ ސޮއިކޮށްފައެވެ. 

އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކުންފުންޏަކީ ގަތަރުގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށްވާ ޝޭހް ނާއިފް ބިން އީދު އަލް ތާނީގެ ކުންފުންޏެކެވެ.

މި މަޝްރޫއާއި ގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެކްސްގައި ކުރެއްވީ ޕޯސްޓެއްގައި ވިދާޅުވީ އެމްއައިއެފްސީ މަޝްރޫއަކީ ދުނިޔޭގައި މާލީ ދާއިރާގެ ހަބެއްގެ ގޮތުގައި ރާއްޖެ ހަމަޖެއްސުމަށްޓަކައި ވަރަށް ބޭނުންތެރި އަދި ބަދަލުތަކެއް ގެނައުމަށް އެޅުނު ފިޔަވަޅެއްކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ތަފާތު އީޖާދުތަކާއި އަދި ފުރުސަތުތައް ދިވެހި ވިޔަފާރިތަކަށާއި ޒުވާނުންނަށް ފަހިވެގެން ދާނެކަަމަށްގާސިމް ވިދާޅުވިއެވެ. އަދި ރައީސް މުއިއްޒުގެ މި މަޝަރޫއަށް ހުރިހާ ސިޔާސީ ޕާޓީތަކުން ތާއީދުކުރަން ގާސިމް ވަނީ ގޮވާލައްވާފައެވެ. 

" ރައީސް މުއިއްޒުގެ ތަސައްވުރަށް އެއްބާރުލުން ދެއްވުމަށް، ހުރިހާ ފަރާތްތަކަކަށް، ހާއްސަކޮށް، ސިޔާސީ ޕާޓީތަކާއި، އެކި ކަންކޮޅުތަކުގައި ތިއްބެވި ބޭފުޅުންނަށް އަޅުގަނޑު އިލްތިމާސް ކުރަން. މި މަޝްރޫއަކީ މިހާރަށްވުރެ ހަރުދަނާ، މިހާރަށްވުރެ ތަފާތު ރާއްޖެއެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް." ގާސިމް އެކްސްގައި ކުރެއްވި ޕޯސްޓުގައިވެއެވެ.

your imageއެމްއައިއެފްސީގެ ކޮންސެޕްޓް ކުރެހުމެއް

އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އިން ބުނީ އެމްއައިއެފްސީގެ ނަމުގައި ގާއިމުކުރާ ސެންޓަރު ހަދަނީ ޖުމްލަ 780،000 އަކަމީޓަރުގެ ސަރަހައްދެއްގައިކަމަށެވެ. ފަސް އަހަރުގެ ތެރޭގައި ހަދާ އެ ސެންޓަރު ހަދަން ނިންމާފައިވަނީ 6،500 އަށް ވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ގޮތަށްކަމަށެވެ. އަފި އެ ތަނަށް އަދި ދުވާލަކު 35،000 މީހުން ޒިޔާރަތްކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް