ads
އެމްއައިއެފްސީގެ ކުރެހުމެއް
އެމްއެފްއައިސީއަކީ ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ބަދަލުވުމުގެ މައި ބިންގާ: ރައީސް
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ވާނީ ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ބަދަލުވާން ދިއުމުގެ މައި ބިންގާކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއްކަމަށްވާ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކުންފުންޏާއި ދިވެހި ސަރުކާރާ ގުޅިގެން، 8.8 ބިލިއަން ޑޮލަރު (135.6 ބިލިއަން ރުފިޔާ)ގެ މާލީ ފްރީ ޒޯނެއް ރާއްޖޭގައި ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮައިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކުންފުންޏަކީ ގަތަރުގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށްވާ ޝޭހް ނާއިފް ބިން އީދު އަލް ތާނީގެ ކުންފުންޏެކެވެ.

your imageއެމްއައިއެފްސީގެ ކޮންސެޕްޓް ކުރެހުމެއް

ރައީސް މުއިއްޒު ވިދާޅުވީ މި މަޝްރޫއަކީ ހަމައެކަނި އުމްރާނީ ބިނާއެއް ނޫން ކަމަށާއި މި މަޝްރޫއުގައި ހިމެނެނީ ވަރަށް ބޮޑު ގައުމީ ވައުދެއް ކަމަށެވެ. އަދި އެއީ އިގުތިސާދު ސިންދަފާތު ކުރުމުގެ އިތުރަށް ދިވެހީން ބާރުވެރިކުރުމުގެ މަސައްކަތް ފެށުން ހިމެނޭ ބޮޑު އަޒުމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

your imageއެމްއައިއެފްސީގެ ކޮންސެޕްޓް ކުރެހުމެއް

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި މަޝްރޫއަކީ ދުނިޔޭގެ އެންމެ މަގުބޫލު ޓޫރިސްޓު މަންޒިލްތަކުގެ ތެރޭގައި ލީޑުކުރާ ގައުމެއްގެ ގޮތުގައި މިވީހާ ދުވަހު އޮތުމަށް ފަހު މާލީ ދާއިރާއިންވެސް ރާއްޖެ ކުރިއަރައިގެންދާ މަންޒަރު ފެންނާނެ މަޝްރޫއެއްކަމަށެވެ. އަދި ރާއްޖެއަކީ ހަމައެކަނި ކުޑަގައުމަށްވުރެ ސްމާޓް ގައުމެއްކަަމަށްވެސް ރައީސް ވިދާޅުވިއެވެ. 

"އެމްއައިއެފްސީ އަކީ، 2040 ވަނަ އަހަރު އަންނަން ވާއިރަށް ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ވުމަށްޓަކައި އަޅުގަނޑުމެންގެ ލޯންޗު ޕެޑް،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

your imageމޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ

މި މަޝްރޫއުގެ ދަށުން ގިނަ ތަންތަނެއް ތަރައްޤީކުރާނެކަމަށް އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ވަނީ ބުނެފައެވެ. 

your imageއެމްއައިއެފްސީގެ ކޮންސެޕްޓް ކުރެހުމެއް

މަޝްރޫއުގެ ދަށުން ހަދާ ތަންތަން

  • ބައިނަލްއަގުވާމީ އޮފީސްތަކަށް ހާއްސަ ތިން އޮފީސް ޓަވަރު
  • މޫދު ކައިރީގައި ތަރައްގީކުރާ މަތީ ފެންވަރުގެ ގެތައް 
  • ދުނިޔޭގެ ނަން މަޝްހޫރު ހޮޓާތައް
  • މަތީ ފަންތީގެ ފިހާރަތައް
  • އޯޝަނޮގްރަފިކް މިއުޒިއަމެއް
  • ދުނިޔޭގެ ފެންވަރުގެ ކުޅިވަރާ ބެހޭ ތަންތަން
  • ދުޅަހެޔޮކަމުގެ އެންމެ ޒަމާނީ މަރުކަޒުތައް
  • މިސްކިތެއް
  • އިންޓަނޭޝަނަލް ސްކޫލެއް ހިމެނޭ ގޮތަށް ފެންވަރު ރަނގަޅު ތައުލީމީ ވަސީލަތްތައް
  • 3،500 މީހުންގެ ޖާގައިގެ އެންމެ ޒަމާނީ ކޮންފަރެންސް ސެންޓަރެއް؛ ބައިނަލްއަގުވާމީ ފެންވަރުގެ ކޮންފަރެންސްތަކާއި ސަގާފީ ހަރަކާތްތަކާއި އާ އީޖާދުތަކަށް މަގުފަހިކުރާ ހެކަތޯންތައް ބާއްވާނެ

your imageގަތަރުގެ ޝާހީ އާއިލާއާ ގުޅިގެން 8.8 ބިލިއަން ޑޮލަރުގެ މާލީފްރީ ޒޯނެއް ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން 

އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އިން ބުނީ އެމްއައިއެފްސީގެ ނަމުގައި ގާއިމުކުރާ ސެންޓަރު ހަދަނީ ޖުމްލަ 780،000 އަކަމީޓަރުގެ ސަރަހައްދެއްގައިކަމަށެވެ. ފަސް އަހަރުގެ ތެރޭގައި ހަދާ އެ ސެންޓަރު ހަދަން ނިންމާފައިވަނީ 6،500 އަށް ވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ގޮތަށްކަމަށެވެ. އަފި އެ ތަނަށް އަދި ދުވާލަކު 35،000 މީހުން ޒިޔާރަތްކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް