
މި މައްސަލާގައި ފުލުހުން ވަނީ ލޯންޗު ދުުުއްވަން އިން މީހާ ހައްޔަރުކޮށްފައެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މ. ކޮޅުފުށި / ޒަހީރާމަންޒިލް، އުމުރުން ނާޝާދު ވަލީދު މުހައްމަދުއެވެ.
ފުލުހުން ބުނީ ކ. އަތޮޅު ވާދޫ ރިސޯޓާ ދިމާއިން ކަނޑުއޮޅީގެ ބޭރުން ލޯންޗަކާއި ފެރީ ދޯންޏެއް ޖެހި އެކްސިޑެންޓުވި މައްސަލަ، މިމަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 7:26 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.
މި ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، އެކްސިޑެންޓުވި ލޯންޗު ދުއްވި ނާޝާދު ވަލީދު މުހައްމަދު އެ ވަގުތުހުރީ މަސްތުގެ ހާލަތުގައިގަން ދެނެގަނެވިފައިވާކަމަށްް ފުލުހުން ބުނެއެވެ. އެހެންކަމުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސް މައްސަލަ ތަހުގީގުކުރަމުން އަންނަކަަމަށް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެެއް ނުވެއެވެ.