
ބޯހިޔާވަހިކަމަށް އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ދިރިއުޅެވޭނެ ތަންތަން ހަމަޖައްސައިދިނުމަށް އިސްކަންދޭން ޖެހޭނެ ކަމަށް ބަޔާންކޮށް ހުށަހެޅި "ބޯހިޔާވަހިކަމުގެ ބިލް" ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އެވެ.
މި ބިލަށް ބަހުސް ކުރައްވަން ލިބިލެއްވި ފުތުސަތުގައި މައްޗަންގޮޅި މެދުދާއިރާ އިއްޒަތްތެރި މެމްބަރު އަހުމަދު ޒަމީރު މިއަދު ވިދާޅުވީ، އަދުގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ކެމްޕޭންގައި ވެސް އަދި މިއަދުވެސް ތަކުރާރުކޮން ވިދާޅުވަމުން ގެންދަވަނީ ބޯހިޔާވަހިކަން ބޭނުންވާ 18 އަހަރުން ދޮށީއުމުރުގެ އެންމެ ރައްޔިތުމީހާ އަށް މި ދައުރުގެ ތެރޭގައި ބޯހިޔާވަހިކަންކަށަވަރު ކޮށްދެއްވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ މިއަދު ވެސް އެ ސާބިތު ކޮށްދެއްވަނީ އެ ވައުދު ތަންފީޒު ކުރުމުގެ މަސައްކަތުގައި ހުންނެވި ކަމެވެ.
ޒަމީރު ވިދާޅުވީ މި ބިލްގެ މަސައްކަތާއިއެކު ރައީސްގެ ވައުދު ކަށަވަރު ވުމުގެ ގާނޫނީ އަމަލީ މަސައްކަތް ފެށިގެން އެދިޔައީ ކަމަށާއި މިބިލްގައި 9 ބާބުގެ މައްޗައް 82 މާއްދާ ލިއެފައިވާހިނދު 41 ވަނަ މާއްދާގައި، ބޯހިޔާވަހިކަން ބޭނުންވާ މީހުންގެ ދަފުތަރެއް އެކުލަވާލާ ބަލަހައްޓާ އަދި އަހަރަކު އެއްފަހަރު މުރާޖާ ކުރައްޖެހޭނެ ކަމަށް ލިއެފައި އެބައޮތް ކަމަށެވެ. އަދި މި ބިލް މިބިލް ގެޒެޓް ކުރާތާ 2 މަސްފަހުން އަދި އޭގެ 9 މަސްތެރޭގައި ގަވާއިދުތައްހަދާ އިއުލާނުކުރަންޖެހޭނެ ކަމައްވެސް ލިއެފައި އެބަ އޮތް ކަމަށެވެ.
ޒަމީރު ވިދާޅުވީ މި ބިލް އަށް އޭނާ ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށާއި އުންމީދުކުރަނީ މިބިލު ގާނޫނަކަށް ވެގެން ދިއުމުން ޒަމާނުއްސުރެ މި ގައުމުގަ މިއޮތް ކޮންމެ އިންތިހާބަކާ ދިމާކޮށް ބޯހިޔާވަހިކަމަށް ސަލާންޖަހަށް ޖެހިފައި މިވާ ޖެހުމަށް ނިމުން އަންނާނެ ކަމަށެވެ.
ޒަމީރު އިތުރަށް ވިދާޅުވީ ނިމިދިޔަ ސަރުކާރުން ބިންވެރިޔާ ސްކީމުން ނެރެފައިވާ ފުލެޓް ލިސްޓު ގައި ބޮޑެތި މައްސަލަތަކެއް އެބަހުރިކަމަށާއި އެކަން ކަން ބަލާފަ ނޫނީ އެ ފުލެޓްތައް ހަވާލުކުރުމުގެ ކަންތައް ކުރިޔައް ނުގެން ދިއުމައް އޭސީސީ އިން ސަރުކާރައް އަންގަވާފަ ވާތީވެ އެކަން މިހާރު އެދަނީ އެކަމާ ބެހޭ ވުޒާރާއިން ބަލަމުންކަމަށެވެ.
މިދިޔަ ސަރުކާރުގައި ހުޅުމާލޭ 2 ގައި އިމާރާތްކުރަން ފެށި ފްލެޓްތަކުގެ ތެރެއިން 4،000 ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައި އިއުލާނުކުރި ލިސްޓާ ގުޅޭ ގޮތުން ޝަކުވާ ބޮޑެވެ. ކުރީ ސަރުކާރުން ދިން ދެ ވަނަ ފުރުސަތުގައި، މާލޭގައި އުޅުނުކަން ސާބިތުކުރަން ގިނަ ބަޔަކު ލިޔެކިޔުންތައް ހުށަހެޅިޔަސް އެ ހުށަހެޅުންތަކަށް މިފަހަރު ނުބަލާ ކަމަށް ބުނެ އެ ކަންބޮޑުވުން ގިނަ ބަޔަކު ވަނީ ފާޅުކޮށްފަ އެވެ.
އެހެންވެ، މާލޭ ސިޓީ ކައުންސިލާއި ފްލެޓާ ގުޅޭ ޖަމިއްޔާއަކުން ވެސް ދަނީ ޝަކުވާ ހުށަހެޅުމުގައި އެހީތެރިކަން ދެމުންނެެވެ.
ލިސްޓާ ގުޅިގެން ހުށަހަޅަމުންދާ ޝަކުވާތަކަށް ރިއާޔަތްކޮށް، އެކި ފަރާތްތަކުގެ ކަންބޮޑުވުންތައް ހުރުމުން އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ކުރާ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 2 އިން ދޭން ނިންމި ހުރިހާ ގޯއްޗެއް ހައުސިން މިނިސްޓްރީން ވަނީ އެ ބިންތައް ލިބުނު މީހުންނަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހަވާލުކޮށް، އެ ގޯތިތަކުގެ ކަންމުޑި ޖަހައި، އިން ވަކިކޮށްދިނުމުގެ މަސައްކަތް އެޗްޑީސީއާ ހަވާލުކޮށްފަ އެވެ. ގޯތީގެ ވަށާފާރު ފަދަ މަސައްކަތްތައް ކުރެވެނީ އެޗްޑީސީން ހުއްދަ ލިބުމުންނެވެ.
ބިންވެރިޔާ ސްކީމްގެ ލިސްޓުގައި ނެތް ބަޔަކަށް ހުޅުމާލެ އިން ގޯތިތަކެއް ދިން ކަމަށް ބުނާ މައްސަލަ ފެންމަތިވެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އަންނަނީ މައްސަލަ ބަލަމުންނެވެ.