ads
އަންހެން ޔޫރޯގެ އެންމެ މޮޅު ކުޅުންތެރިޔާ
އަންހެނުންގެ ޔޫރޯ ދެހާސް ބާވީސްވަނަ އަހަރަށް ފަސްކޮށްފި
ދެހާސް އެކާވީސްވަނަ އަހަރުގެ އަންހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ދެހާސް ބާވީސްވަނަ އަހަރަށް ފަސްކޮށްފިއެވެ. އަންނަ އަހަރު ބާއްވަން ރާވާފައިވާ މި މުބާރާތްވެސް ފަސްކުރީ، ކޮރޯނާއާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭންނެވެ.

ދެހާސް އެކާވީސްވަނަ އަހަރުގެ އަންހެނުންގެ ޔޫރޯ އަނެއް އަހަރަށް ފަސްކުރަން ނިންމާފައިވާއިރު، މި އަހަރު ބާއްވަން ރާވާފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތްވެސްވަނީ ފަސްކޮށްފައެވެ. މީގެ އިތުރުން މި އަހަރުގެ ފަހުކޮޅު ބާއްވަން ރާވާފައިވާ ޒުވާން އުމުރު ފުރައައިގެ އަންހެނުންގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތްތައްވެސް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

ހަލުއި ކަމާއި އެކު ފެތުރެމުންދާ ކޮރޯނާއާއި ގުޅިގެން މުޅި ދުނިޔޭގެ ހުރިހާ ކުޅިވަރު މުބާރާތެއްހެންވަނީ ހުއްޓާލާފައެވެ. އޭގެ ތެރޭގައި ޖަޕާނުގައި ބާއްވަން ކަނޑައަޅާފައިވާ އޮލިމްޕިކްސްއާ، ކޮޕާ އެމެރިކާ އަދި ޔޫރަޕްގެ ކުލަބު މުބާރާތްތައްވެސް ހިމެނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް