ތިނަދޫ ސިޓީގައި ހުންނަ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ކެމްޕަސް އިތުރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެއެވެ.

Advertisement
މި މަޝްރޫއުގެ ދަށުން އެ ކެމްޕަހުގައި ކިޔަވަމުންދާ ދަރިވަރުންނަށާއި މަސައްކަތްކުރާ މުވައްޒަފުންނަށް އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ބުނީއެވެ. އެމްއެންޔޫ ތިނަދޫ ކެމްޕަސް ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ވަކިވަކި 3 މަޝްރޫއަކަށް ބަހައިލައިގެންނެވެ. ފުރަތަމަ މަޝްރޫއުގެ ދަށުން ކެމްޕަހުގައި 3 ފަންގިފިލާގެ އިމާރާތެއް އެޅުމަށް ހަމަޖެހިފައިވާއިރު، ދެވަނަ މަޝްރޫއުގެ ދަށުން ދަރިވަރުންނަށް 2 ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމަށް ހަމަޖެހިފައިވެއެވެ.ތިން ވަނަ މަޝްރޫއުގެ ދަށުން މުވައްޒަފުންނަށް 2 ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމަށް ހަމަޖެހިފައިވެއެވެ. ދަރިވަރުންނަށް އިމާރާތްކުރާ އެކޮމޮޑޭޝަން ބްލޮކުގައި 31 ކޮޓަރި އަދި ލޯންޑްރީއެއް ހުންނާނެކަމަށާއި، މުވައްޒަފުންނަށް އިމާރާތްކުރާ ބްލޮކުގައި 7 ކޮޓަރީގެ އިތުރުން ކެފޭއެއްވެސް ހުންނާނެކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. ތިނަދޫ ސިޓީގައި ހުންނަ އެމްއެންޔޫ ކެމްޕަސް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހިދުމަތް ދެވެން ފެށުމާއެކު، އެރަށުގެ ރައްޔިތުންނަށް ތައުލީމީ އަދި އިޖްތިމާއީ ގޮތުން ގިނަ ފަސޭހަތަކަކާއި މަންފާތަކެއް ލިބިގެންދާނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.