ads
އެމް.ބީ.އެސް. އިންވެސްޓްމަންޓްސް ގެ ޗެއަރމަން، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުން
ދެ ފަރާތަށް ފައިދާވާނެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް އެމްބީއެސް ޗެއާމަން އެއްބަސް
ދެ ފަރާތަށް ފައިދާވާނެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ރައީސް މުޢިއްޒާއި އެމްބީއެސް ޗެއާމަން އެއްބަސްވެއްޖެއެވެ.
Advertisement

އެމްބީއެސް އިންވެސްޓްމަންޓްސް ގެ ޗެއާމަން، ހިޒް އެކްސެލެންސީ މަރްވާން އަލްހާޖިރީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވިއެވެ. މި ބައްދަލުވުމުގައި ދެ ފަރާތުން ވަނީ ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެވަޑައިގެންފައެވެ.

ބައްދަލުވުމުގައި ރައީސް މުޢިއްޒާއި ޗެއަރމަން މަރްވާން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިގްތިސާދު ސިންދަފާތުކުރުމަށް ކުރިއަށްގެންދަވާ މުހިންމު މަސައްކަތެއް ކަމުގައިވާ، މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓާ (އެމްއައިއެފްސީ) ގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމުގެ ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. މި މަޝްރޫޢަކީ ރާއްޖޭގެ އިގްތިސާދަށް އާ ދޮރުތަކެއް ހުޅުވިގެންދާނެ މުހިންމު މަޝްރޫޢެއްކަން ދެ ފަރާތުންވެސް ފާހަގަކުރެއްވިއެވެ.

ބައްދަލުވުން ނިންމަވާލެއްވީ ގުޅިގެން ދެ ފަރާތަށް ފައިދާވާނެ މަޝްރޫޢުތައް ކުރިއަށް ގެންގޮސް، ކާމިޔާބު ކަމާއެކު ލަނޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެ ބޭފުޅުންވެސް ދެއްވަމުންކަމަށް ރައީސް އޮފީހުން ބުނެއެވެ. މި ބައްދަލުވުމަކީ ރާއްޖެއާއި އެމް.ބީ.އެސް. އިންވެސްޓްމަންޓްސް އާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއްކަމަށް ބެލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް