ads
ތޮލް އަދި އަބަދަށްގެ ޕޯސްޓަރެއް
މޫމިންގެ "އަބަދަހް" މީ ދިވެހި ސައިކޮލޮޖިކަލް ތްރިލާއެއްގެ މާސްޓަރޕީސްއެއް: ތޮލް
މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަ ނޫރު މޫވީސް އިން ޕްރޮޑިއުސްކުރި، "އަބަދަހް" މީ ދިވެހި ސައިކޮލޮޖިކަލް ތްރިލާއެއްގެ މާސްޓަރޕީސްއެއްކަމަށް އަހުމަދު ތޮލާލް (ތޮލް) ބުނެފިއެވެ.
Advertisement

ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސްކަން، ވެސް ކޮށްފަވާ ތޮލް ބުނީ، މޫމިން ފުއާދު ލިޔެ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ބިރުވެރިކަން ފެންނަން ނެތި، ބިރުވެރިކަން އިހުސާސްކުރުވާ ފިލްމެއްކަމަށެވެ.

"ޝާރިފްގެ އެކްޓިން އަކީ ހިތްގައިމު އެކްޓިންގ އެއްކަމަށާއި، ސޫޒަން އިބްރާހިމް ފުލްހުގެ ޕަފޯމަންސްއަކީ ފިލްމުގެ ހައިލައިޓް" ކަމަށް ތޮލް ބުންޏެވެ.

your imageއަބަދަށް ފިލްމުގެ ޝޫޓިންގެ ތެރެއިން މޫމިން ފުވާދު

"އަބަދަހް" ފިލްމަކީ ދެ ގަޑިއިރަށްވުރެ ދިގު ފިލްމެއް ނަމަވެސް، ފިލްމް ނިމެން ބޭނުން ނުވާވަރަށް މަޖާ ފިލްމެއް،" -ތޮލް-

ތޮލް ބުނީ މޫމިން ފުއާދަކީ ކެރެކްޓަރުތައް ރަނގަޅަށް ދިރާސާކޮށް، އިންސާނީ ގުޅުންތަކުގެ ތަފާތު ފަށަލަތައް ހާމަކުރުމުގެ ހުނަރު ލިބިފައިވާ ޑައިރެކްޓަރެއް ކަމަށެވެ. އޭނާ ބުނިގޮތުގައި "އަބަދަހް" ފިލްމަކީ ދެ ގަޑިއިރަށްވުރެ ދިގު ފިލްމެއް ނަމަވެސް، ފިލްމް ނިމެން ބޭނުން ނުވާވަރަށް މަޖާ ފިލްމެކެވެ.

"މޫމިން ފުއާދަކީ ކެރެކްޓަރުތައް ރަނގަޅަށް ދިރާސާކޮށް، އިންސާނީ ގުޅުންތަކުގެ ތަފާތު ފަށަލަތައް ހާމަކުރުމުގެ ހުނަރު ލިބިފައިވާ ޑައިރެކްޓަރެއް" -ތޮލް-

މި ފިލްމުގައި މައިގަނޑު ރޯލުތަކުން ފެންނަނީ އަހުމަދު ޝާރިފް، ވަޝިޔާ މުހައްމަދު، ސޫޒަން އިބްރާހިމް ފުލްހު، ޔޫސުފް ޝަފީއު އަދި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އެވެ. 

ތޮލް ބުނީ ޝާރިފްގެ އެކްޓިން އަކީ ހިތްގައިމު އެކްޓިންގ އެއްކަމަށާއި، ސޫޒަން އިބްރާހިމް ފުލްހުގެ ޕަފޯމަންސްއަކީ ފިލްމުގެ ހައިލައިޓް ކަމަށެވެ. 

މި ފިލްމްގެ ޓިކެޓު މިހާރު އަންނަނީ  އޮލިމްޕަސް ސިނަމާގައި، އަދި ނޫރު މޫވީސްގެ ސޯސަލް މީޑިއާ ޕްލެޓްފޯމްތަކުން ވިއްކަމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް