ads
ހޯމް މިނިސްތަރު އަލީ އިހުސާން
އިހުސާނުގެ މައްސައެއް މާޒް ސަލީމް އޭސީސީއަށް ހުށަހަޅައިފި
ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) ތެރޭގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެމްބަރުން އިތުރުކުރުމަށް މަސައްކަތްކުރި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އެއްބަސްވެފައިވާކަމަށް ވިދާޅުވެ، އެ މައްސަލަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައެވެ.
Advertisement

މި މައްސަލައިގައި މާޒް ސަލީމް ވިދާޅުވެފައި ވަނީ، ޑީއެންއާރުގެ ތެރޭގައި ޕީއެންސީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް މިނިސްޓަރު އިހުސާން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އެއްބަސްވެފައިވާ ކަމަށެވެ. އަދި ޑީއެންއާރު ތެރޭގައި ފުރި ޕީއެންސީގެ ފޯމުތަކުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވެފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މާޒް ސަލީމް އެ މައްސަލައިގައި ތުހުމަތު ކުރައްވާފައިވާގޮތުން މިނިސްޓަރު އިހުސާން މަގާމުގެ ނުފޫޒު ބޭނުންކުރައްވައި އެންޓި ކަރަޕްޝަންގެ ގާނޫނާ ހިލާފަށް ދައުލަތުގެ ތަކެއްޗާއި، ވަސީލަތްތަކާއި، މީހުންގެ ޒާތީ މައުލޫމާތާއި އަދި ދައުލަތުގެ އިމާރާތެއް ބޭނުންކުރައްވައިގެން ފޯމުތައް އިލެކްޝަން ކޮމިޝަނަށް ހުށަހަޅައި، އެ ފޯމުތަކުގައިވާ މީހުން ޕީއެންސީގެ މެމްބަރުންގެ ދަފުތަރުގައި ރަޖިސްޓްރީ ކޮށްދީފައިވެއެވެ. 

ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޑީއެންއާރު ތެރޭގައި ޕީއެންސީއަށް މެމްބަރުން ވެއްދުމަށް ފޯމު ފުރައި، ފޮޓޯތައް ޖަހައި އަދި އެ މަސައްކަތް ކުރަމުންދިޔަ މަންޒަރު ފެންނަ ފޮޓޯތައް ވަނީ ސޯޝަލް މީޑިއާގައި ލީކުކޮށްލާފައެވެ. އެ ފޮޓޯތަކުގައި މިނިސްޓަރު އިހުސާންގެ އިތުރުން، ހޯމް މިނިސްޓްރީގެ އެހެން ސިޔާސީ ވެރިން އަދި ޑީއެންއާރު ހިންގުމާ ހަވާލުވެހުންނެވި ޑެޕިއުޓީ މިނިސްޓަރުވެސް ތިއްބެވިތަން ފެނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް