ads
މަހާޒް އަދި އަޒްމިރަލްޑާ
މަހާޒް ކޯލު ކުރެއްވިއިރު, ޑރ. ލަތީފް ދޫކޮށްލާފައިވާކަން ނޭނގޭ: ޖޭއެސްސީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅުއްވިއިރު، ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލާފައިވާކަން އެނގިވަޑައިނުގެން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ތަހުގީގު ރިޕޯޓުގައި ބުނެފިއެވެ.
Advertisement

ޖޭއެސްސީން ބުނީ ފަނޑިޔާރު މަހާޒް ގުޅުއްވީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުންގެ ބަންދާ މެދު ގޮތެއް ނިންމުމުގައި "ހާއްސަ ގޮތަކަށް ބެލުމަށް ބާރު އެޅުމުގެ ގޮތުން" ކަމަށް ބެލެވޭ ކަމަށެވެ.

ޖޭއެސްސީގެ ރިޕޯޓުގައި ބުނެފައިވަނީ ފަނޑިޔާރެއްގެ ފިރިމީހާގެ ބަންދާ މެދު ގޮތް ކަނޑައެޅުމަށް ހާޒިރު ކުރެވޭ ކޯޓުގެ އެހެން ފަނޑިޔާރަކަށް ވެސް އޭނާގެ ބަންދާ ގުޅޭގޮތުން މުއާސަލާތުކޮށް ގުޅުމަކީ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ހާޒިރު ކުރެވޭ ކޯޓުގެ ފަނޑިޔާރުންގެ މަސައްކަތާ ސީދާ ގޮތުން ބެހި ނުފޫޒު ފޯރުވުމުގެ ގޮތުން ކުރެވޭ އަމަލަކަށް ނޫނީ ނުވާނެ ކަމަށެވެ. ޖޭއެސްސީގެ ރިޕޯޓުގައިވާ ގޮތުން ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުންނަކީ ފަނޑިޔާރު މަހާޒް ދަންނަ ބޭފުޅަކަށް ނުވާއިރު، އޭނާގެ ބަންދާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅަންޖެހޭ ސަބަބެއް ނެތެވެ.

ޖޭއެސްސީގެ ރިޕޯޓުގައި ބުނެފައިވަނީ "ބަންދުގެ ކަންކަން ހިނގި ގޮތް ފަނޑިޔާރު މަހާޒް އަލީ ޒާހިރު ބަލާފައިވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފަރާތުން އެކަމަށް އެދިގެން ނުވަތަ އަޒްމިރަލްދާ ޒާހިރުގެ ބައިވެރިވުން ވެސް އޮވެގެން ކަމަށް ބެލުމުގެ ފުރުސަތު ބޮޑު" ކަމަށެވެ. މި މައްސަލާގައި ފަނޑިޔާރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާ ވަކިކުރަން ޖޭއެސްސީން ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައެވެ. ދެ ފަނޑިޔާރުން ވެސް މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ތިއްބެވީ ސަސްޕެންޝަންގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް