ads
އެމްއެންޔޫ
ޓޫރިޒަމް އަދި އިސްލާމިކް ދިރާސާތަކަށް: ބޭރުގެ ޔުނިވަސިޓީތަކާއެކު ގުޅުން ބަދަހިކޮށްފި
ގައުމީ ޔުނިވަސިޓީން ތައުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ބޭރުގެ ދެ ޔުނިވަސިޓީއަކާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
Advertisement

މި އެމްއޯޔޫގައި ސޮއިކޮށްފައިވަނީ އޮސްޓްރޭލިއާގެ ދަ ހޮޓެލް ސްކޫލް - ސަދަން ކްރޮސް ޔުނިވަސިޓީއާއި މެލޭޝިއާގެ ސެލެންގޯ އިސްލާމިކް ޔުނިވަސިޓީއާ ދެމެދުގައެވެ. ގައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޑް ޓޫރިޒަމްއާއި އޮސްޓްރޭލިއާގެ ޔުނިވަސިޓީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބައިނަލްއަގުވާމީ ޓޫރިޒަމް ސިނާއަތަށް ބޭނުންވާ ތައުލީމާއި ތަމްރީނުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް ހަމަޖެހިފައިވެއެވެ.

މި އެމްއޯޔޫގެ ދަށުން ދިރާސާކުރުމާއި، ތައުލީމީގޮތުން އެކި ފުރުސަތުތައް މުވައްޒަފުންނަށާއި ދަރިވަރުންނަށް އެކްސްޗޭންޖް ޕްރޮގްރާމްތަކުގެ ތެރެއިން ފަހިވެގެންދާނެކަމަށް ގައުމީ ޔުނިވަސިޓީން ބުނީއެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ގައުމީ ޔުނިވަސިޓީގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ މި ފަހުމުނާމާގެ ސަބަބުން ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ޓޫރިޒަމް ސިނާއަތާއި މަތީ ތައުލީމުގެ ދާއިރާ ހަރުދަނާވެގެންދާނެ ކަމަށެވެ. އަދި އޮސްޓްރޭލިއާ ޔުނިވަސިޓީގެ އެގްޒެކެޓިވް ޖެނެރަލް މެނޭޖަރ ނިކޮލަސް ހައިޑް ވިދާޅުވީ މި ފަހުމުނާމާއާއެކު ދެ ޔުނިވަސިޓީއަށްވެސް އެކި ގޮތްގޮތުން ކުރިއެރުންތައް ލިބިގެންދާނެ ކަމަށެވެ.

ގައުމީ ޔުނިވަސިޓީއާއި މެލޭޝިއާގެ ސެލެންގޯ އިސްލާމިކް ޔުނިވަސިޓީއާ ދެމެދު ވެފައިވާ އެމްއޯޔޫމާގެ ދަށުން ގުޅިގެން ސަރަހައްދީ އަދި ބައިނަލްއަގުވާމީ އެކި މައްސަލަތަކާ ގުޅޭގޮތުން ދިރާސާތައް ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މުވައްޒަފުންނާއި ދަރިވަރުންނަށް އެކްސްޗޭންޖް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަމަށް ގައުމީ ޔުނިވަސިޓީން ބުނެފައިވެއެވެ. މީގެ އިތުރުން ދެ ގައުމުގެ ދީނީ އަދި ސަގާފަތާއި އާދަކާދަތައް ދިރުވާ އާލާކުރުމަށް ގުޅިގެން މަސައްކަތްކުރެވޭނެކަމަށްވެސް ޔުނިވަސިޓީން ބުނެފައިވެއެވެ. ރާއްޖޭގައި ދެވޭ މަތީ ތައުލީމަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ދެވޭ ތައުލީމަށް ހެދުމަށް ގައުމީ ޔުނިވަސިޓީން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް