ads
ފުލުހުން ކްރިމިނަލްކޯޓް ކައިރީ
ވައްކަމުގެ މައްސަލައެއްގައި ދުވަސްވީ އަންހެނަކު ހައްޔަރު
ގައިދީއަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމަށް މަސައްކަތްކުރިކަމުގެ ތުހުމަތު ކުރިން ކުރެވުނު އަންހެނަކު، ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.
Advertisement

ގައިދީ އަކަށް މަސްތުވާތަކެތި ފޯރުކޮށްދޭން އުޅުނު ކަމުގެ ތުހުމަތު މީގެ ކުރިން ކުރެވުނު އަންހެނަކީ، އުމުރުން 50 އަހަރުގެ ފާތިމަތު ނުޒުހާ، ސަލްޓަންވިލާ، ސ. މަރަދޫއެވެ. 

އޭނާގެ މައްޗަށް ކުރިން ކުރެވުނު ތުހުމަތަކީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތެވެ. މި ފަހަރު އެ އަންހެން މީހާ ހައްޔަރު ކުރީ ވައްކަމުގެ މައްސަލައެއްގައެވެ.

ވައްކަމުގެ މައްސަލައާ ގުޅިގެން މި އަންހެން މީހާ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށްވަނީ 15 ދުވަސް ޖަހާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް