
ރަތް ދޫލައިގައި ހުރި ޝާހުރުކް ހާންއާ ދިމާލަށް ރިޕޯޓަރަކު "ކަލެއަކީ ކާކު؟" މިހެން އަހާލުމުން، ޝާހުރުކް ހާން ވަރަށް ހިތްހެޔޮކަމާއެކު "އަހަރެންނަކީ ޝާހުރުކް" މިހެން ބުނެ އޭނަގެ ތައާރަފެއް ދިނެވެ. މި ހާދިސާ ސޯޝަލް މީޑިއާގައި ވައިރަލްވެ، ގިނަ ބަޔަކު ޝާހުރުކް ހާންއަށް ތާއީދުކޮށް ވާހަކަދައްކަން ފަށައިފިއެވެ.
ޖުމްލަ 100 އަށްވުރެ ގިނަ ފިލްމުގައި އަދި 14 ފިލްމްފެއާ އެވޯޑް ކާމިޔާބުކޮށްފައިވާ ޝާހުރުކް ހާންއަކީ ދުނިޔޭގެ އެންމެ މަޝްހޫރު ތަރިތަކުގެ ތެރެއިން އެކެކެވެ. ނަމަވެސް، މެޓް ގާލާގައި ޝާހުރުކް ހާން ފެނުމުން ރިޕޯޓަރަކު އޭނާއަކީ ކާކުކަން ނޭނގިގެން ސުވާލުކުރުމުން، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ހައިރާންވެފައިވެއެވެ.
އެކްސްގައި މީހަކު ބުނެފައިވަނީ "އެމީހުން ޝާހުރުކް ހާންއާ އަކީ ކާކުތޯ؟ އަހައިފި. އުންމީދުކުރަނީ އެމީހުން ގޫގުލްކޮށްފައި އޭނާއަކީ ދުނިޔޭގެ ލެޖެންޑެއްކަން އެނގިގެން ތިބޭނެކަމަށް!" ކަމަށެވެ.
ޝާހުރުކް ހާންއާއެކު މެޓް ގާލާއަށް ދިޔަ ޑިޒައިނާ ސަބްޔަސާޗީ މުކަރުޖީ ވޯގް އިންޓަވިއުއެއްގައި ބުނެފައިވަނީ ޝާހުރުކް ހާން ހުރި ހޮޓަލުން ބޭރުގައި ގިނަ ބަޔަކު ޖަމާވެ، ކިއުއެއް ވެސް ހެދި ކަމަށެވެ.