ads
މޫދަށް ވެއްޓުނު ސައިކަލް ނަގަނީ
ލ ގަމުގައި ރޭސިން ސައިކަލެއް މޫދަށް ވެއްޓި ޒުވާނަކު އައިސީޔޫގައި
ލ ގަމުގައި ރޭސިން ޖަހަނިކޮށް އެކްސިޑެންޓްވެ ޒުވާނަކަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
Advertisement

މި އެކްސިޑެންޓް ހިނގާފައިވަނީ ލ. ގަމުގައި ކުރިއަށް ގެންދިޔަ "ރޭސިން ޗެމްޕިއަންޝިޕް - ލާމު އެޑިޝަން" ގައެވެ. 

މި ހާދިސާގައި އަނިޔާވީ އުމުރުން 20 އަހަރުގެ ޒުވާނެއްކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ  މި ހާދިސާ ހިނގީ ސައިކަލް ކޮންޓްރޯލުން ނެއްޓި ދުއްވަން އިން މީހާއާ އެކު މޫދަށް ވެއްޓިގެންކަމަށެވެ.  

މި ހާދިސާގައި ޒަހަމްވި ޒުވާނާއަށް ފަރުވާދެމުން އަންނަނީ ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ. 

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް