އެ ޕްރޮޑަކްޝަނުން އާންމުކުރި ޕޯސްޓަރެއްގައި ވަނީ އެ ފިލްމުގެ ވަދާއީ ޝޯވ ސެޕްޓެމްބަރ 23 ވާ ބުދަ ދުވަހުގެ ރޭ 8:30 ގައި އޮންނާނެ ކަމަށެވެ. އަދި ޓިކެޓު ވިއްކަމުން އަންނަކަމަށެވެ.
މި ރޮމޭންޓިކް ކޮމެޑީ އަކީ ޝަހުދާ މަހުމޫދު ލިިިޔެ، ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ.
މީ އޭނާގެ ދެވަނަ ފިލްމެވެ. ޝަހުދާގެ ފުރަތަމަ ފިލްމަކީ ޑާކް ރެއިންގެ ފުރަތަމަ ހޮރޯ-ކޮމެޑީ ކަމަށްވާ 2024 ގެ 'ބިބީ' އެވެ.
މި ފިލްމުގެ ލީޑްރޯލުން ފެނިގެންދަނީ ޑާކްރެއިންގެ ތަރި ޝަރަފު އަބްދުﷲއެވެ.
މީގެއިތުރުން ފާތުމަތު ރާޔާ، އަބްދުﷲ ޝާފިއު (ފުބޫ)، ހާޒިފް މުހައްމަދު، ޝީލާ ނަޖީބް، އަހުމަދު ސައީދު، އައިމިނަތު ނޫރާ އަދި އަބްދުﷲ ޒަލީޝަން މި ފިލްމުގެ ކާސްޓުގައި ހިމެނެ އެވެ.
"މަގޭ ބިޓްގެ ވެޑިން" އަކީ ޑާކް ރެއިން އެންޓަޓައިންމަންޓުން މި އަހަރު ގެނެސްދޭ ދެވަނަ ފިލްމެވެ.
ފުރަތަމަ ފިލްމު ޖަންނަތު މިހާރު އަންނަނީ އޮލިމްޕަހުގައި ދައްކަމުން ނެވެ. މި ފިލްމު އޮލިމްޕަހުގައި ދައްކަންފެށީ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހުން ފެށިގެންނެވެ.
އަދި ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، އަތޮޅުތަކުގައި ވެސް ދަނީ ދައްކަމުންނެވެ.
ޓިކެޓު އޮލިމްޕަސް ކައުންޓަރުން ވިއްކަމުން އަންނައިރު، އެ ޕްރޮޑަކްޝަންގެ ހޮޓްލައިން 9911229 ނަންބަރ މެދުވެރިކޮށް ވެސް ޓިކެޓު ބުކިންގ ހެދޭނެއެވެ.