ރާއްޖޭގެ ބައެއް ނޫސްތަކުން މިއަދު ރިޕޯޓުކޮށްފައިވާގޮތުން މި މައްސަލައިގައި ތުހުމަތު ކުރެވެނީ "ރަންދި 29" ނަމަކަށް ކިޔާ އެ ބޯޓުގައި މަސައްކަތްކުރާ އިންޖިނިއަރަކަށެވެ.
އެ ބޯޓު ވަނީ މިހާރު ގުރައުންޑުވެފައެވެ. މައްސަ ބެލުމުގައި ފުލުހުން ވެސް ބައިވެރިނުކޮށް، ކުންފުނީގެ އެތެރެއިން މައްސަލަ ބަލަން ނިންމާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ކަމުގައި މިފްކޯއިން ރަސްމީކޮށް އެއްވެސް އެއްޗެއް ހާމައެއް ނުކުރެއެެވެ.
"ރަންދި 29" އަކީ ދެކުނުގެ އެކި ރަށްތަކުން މަސް ގަތުމުގެ މަސައްކަތުގައި އުޅޭ ބޯޓެކެވެ.
މި ބޯޓު ގްރައުންޑްވުމާ ގުޅިގެން މިފްކޯގެ މަސްގަތުމުގެ އޮޕަރޭޝަންތަކަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ބެލެވެއެވެ.