ads
އޮޕަރޭޝަން ސިންދޫރު: ފޮޓޯ ހިންދުސްތާނު ޓައިމްސް
އިންޑިއާގެ ހަމަލާތަކަކީ ހަނގުރާމައިގެ އަމަލެއް: ޕާކިސްތާން
އިންޑިއާއިން ފާކިސްތާނުގައި ޓެރަރިސްޓުން ދިރިއުޅޭ ސަރަހައްދުތަކަށް ބުނެ، އިންޑިއާއިން ޕާކިސްތާނުގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކަކީ "ހަނގުރާމައިގެ އަމަލެއް" ކަމަށް، ޕާކިސްތާނުގެ ޕްރައިމް މިނިސްޓަރު ޝަހްބާޒް ޝަރީފް ވިދާޅުވެއްޖެއެވެ.
Advertisement

ޕާކިސްތާނުގެ ޕްރައިމް މިނިސްޓަރު ޝަހްބާޒް ޝަރީފް ވިދާޅުވެފައިވަނީ ވެ. މި ހަމަލާތަކަކީ އިންޑިއާއިން "އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި ޕާކިސްތާނާއި ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ޖައްމޫ އަދި ކަޝްމީރުގައި ހުރި 9 ޓެރަރިސްޓު ކޭމްޕަކަށް ދިން ހަމަލާތަކެކެވެ.

އިންޑިއާއިން ބުނެފައިވާ ގޮތުގައި މި ހަމަލާތަކަކީ ޕަހަލްގާމްގައި 26 މަދަނީން މަރާލި ޓެރަރިސްޓު ހަމަލާއަށް ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާތަކެކެވެ. މި ހަމަލާތަކުގައި 70 އަށްވުރެ ގިނަ ޓެރަރިސްޓުން މަރުވެ، 60 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާކަމަށް އިންޑިއާއިން ބުނެފައިވެއެވެ. އިންޑިއާއިން އިތުރަށް ބުނެފައިވަނީ މި ހަމަލާތަކުގައި ޕާކިސްތާނުގެ އެއްވެސް މިލިޓަރީ ނުވަތަ މަދަނީ ތަނަކަށް ހަމަލާދީފައިނުވާކަމަށެވެ.

ޕާކިސްތާނުގެ ޕްރައިމް މިނިސްޓަރު މި ހަމަލާތަކާ ގުޅިގެން ނެޝަނަލް ސެކިއުރިޓީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފައިވެއެވެ. ޕާކިސްތާނުގެ މިލިޓަރީން ބުނެފައިވާ ގޮތުގައި ބަހަވަލްޕޫރު، ކޮޓްލީ އަދި މުޒައްފަރާބާދަށް ހަމަލާތައް ދީފައިވެއެވެ. އަދި ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) ގައި މޯޓަރު ބަޑީގެ ފެށިފައިވާކަމަށް ވެސް ޕާކިސްތާނުން ބުނެފައިވެއެވެ. މި ހަމަލާތަކާ ގުޅިގެން ބައިނަލްއަގުވާމީ ފަރާތްތަކުން ދެ ގައުމަށް ހަމަނުޖެހުން އިތުރަށް ބޮޑުވިޔަ ނުދިނުމަށް އަންނަނީ ގޮވާލަމުންނެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް