ads
އެމްއެންޔޫގެ ބައެއް ދަރިވަރުން
ތެވެލި ކޮންފަރެންސް މި ފަހަރު ފަށާނީ ދަރިވަރުންގެ ސިމްޕޯޒިއަމުން
ގައުމީ ޔުނިވަރސިޓީން 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވާ، ބައިނަލް އަގްވާމީ ކޮންފަރެންސް- ތެވެލި ކޮންފަރެންސް މި ފަހަރު، ދަރިވަރުންގެ ސިމްޕޯޒިއަމުން ފަށަން ނިންމައިފިއެވެ.
Advertisement

އެމްއެންޔޫގެ ތެވެލި ކޮންފަރެންސްގެ ފުރަތަމަ ދުވަހު އޮންނަ "ސްޓޫޑަންޓް ރިސަރޗް ސިމްޕޯޒިއަމް" އަކީ ރާއްޖޭގައި ބާއްވާ މި ފަދަ ފުރަތަމަ ސިމްޕޯޒިއަމްއެވެ. މި ސިމްޕޯޒިއަމްއަކީ އެމް.އެން.ޔޫގައި ބެޗެލެރސް ޑިގްރީ ލެވެލްގެ ކޯސްތަކުގައި ކިޔަވާ ދަރިވަރުން، ދަރިވަރުންގެ މެދުގައި ދިރާސާކޮށް، ސައިންޓިފިކް ޕޭޕަރު ލިޔުމާއި، ސައިންޓިފިކް ޕްލެޓްފޯމުތަކުގައި ދިރާސާގެ އަލީގައި ހޯދާ ހޯދުންތައް ހުށަހެޅުމުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި ބާއްވާ ސިމްޕޯޒިއަމްއެކެވެ.

"ސްޓޫޑަންޓް ރިސަރޗް ސިމްޕޯޒިއަމް" ތެރެއިން "އަންޑަރގްރެޖުއޭޓް ރިސާޗް އެކްސެލެންސް" އެވޯޑް އަދި "ބެސްޓް ފެކަލްޓީ އެވޯޑް" ވެސް ހޮވުން އޮންނާނެ ކަމަށް އެމްއެންޔޫ އިން ބުންޏެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން ކޮންމެ އަހަރަކު ބާއްވާ "ތެވެލި ބައިނަލްއަގުވާމީ ކޮންފަރެންސް" އަށް އެބްސްޓްރެކްޓް ހުށަހެޅުމަށް މިހާރުވަނީ ހުޅުވާލެވިފައެވެ. ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް 2025 ގެ ތީމަކީ "އިވޯލްވިންގ ޕެރެޑައިމްސް: މަރޖިންގ ރިސަރޗް، އެވިޑެންސް، އެންޑް ޕްރެކްޓިކްސް" އެވެ. މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ 18 އިން 20 އޮގަސްޓު 2025 އަށެވެ.

ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް އަކީ 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ގައުމީ ޔުނިވަރސިޓީގެ ފަރާތުންކުރިއަށް ގެންދާ ކޮންފަރެންސެކެވެ. އަހަރަކަށް ފަހު އަހަރެއް މި ކޮންފަރެންސަށް ދުނިޔޭގެ އެކި ގައުމުތަކުން އަދި ދިވެހި ރާއްޖޭގެ ފަރާތުން ބައިވެރިވާ ބައިވެރިންގެ އަދަދު އިތުރުވަމުންދެއެވެ. ތެވެލި ކޮންފަރެންސްގައި އެކި ދާއިރާތަކުން އިނގިރޭސި، ދިވެހި، އަދި ޢަރަބި ބަހުން ޕޭޕަރު ހުށަހެޅުއްވޭނެއެވެ.

އެންއެންޔޫއިން ބުނި ގޮތުގައި ތެވެލި ކޮންފަރެންސްގެ ކީ ނޯޓް ސްޕީކަރސް ގޮތުގައި ވަޑައިގަންވާ އެކި ދާއިރާތަކުގެ ތަޖުރިބާކާރު ޢިލްމީ ބޭފުޅުން ނަންގަވައިދެއްވާ "ޕޯސްޓް ކޮންފަރެންސް ސެޝަންސް" 21 އޯގަސްޓް 2025 ގައި ކުރިއަށް ދާނެއެވެ.

2024 ވަނަ އަހަރު ކުރިއަށް ގެންދިޔަ ތެވެލި ކޮންފަރެންސްގައި އެކި ފަރާތްތަކުން ވަނީ ޖުމްލަ 206 ފަރާތަކުން ޕޭޕަރު ހުށަހަޅާފައެވެ. މީގެތެރެއިން 40 އަށްވުރެ ގިނަ ޕޭޕަރު ހުށަހަޅާފައިވަނީ ރާއްޖެއިން ބޭރު ގައުމުތަކުގެ ޔުނިވަރސިޓީތަކުގެ ބޭފުޅުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް