ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ އޭޕްރީލް 27 ވަނަ ދުވަހުގެ 15:47 ހާއިރު ތިނަދޫ ސިޓީގެ ކުރީގެ ހުކުރު މިސްކިތް ކަރިން ކާރަކާއި ސައިކަލެއް ޖެހިގެން ކަމަށެވެ. އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން އަންހެން މީހާގެ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ތިނަދޫ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު، އެމަޖެންސީގައި ހަމަ އެރޭ މާލެ ގެނެސް އަޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.
މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވަން އިން މީހާ ފުލުހަށް ހާޒިރުކޮށް ސުވާލު ކޮށްފައިވާ ކަމަށާއި، މި މައްސަލަ ދަނީ ފުލުހުން ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެފައިވެއެވެ.