އުރީދޫއިން ބުނީ ގޭމް މިފަހަރު ފަރުމާކޮށްފައިވަނީ ރަހުމަތްތެރިކަމާއި ވާދަވެރިކަމާއި، ޓީމް ވޯކް އަދި ހިތްގައިމު އިނާމުތައް އެކުލެވިގެންވާ ގޮތަށް ކަމަށެވެ.
ކޮންމެ ދުވަހެއްގެ ކަރާ ފެޅުމުން އެ ކަރާ ފެޅުމުގައި ބައިވެރިވާ ހުރިހާ ކުޅުންތެރިންނަށް ހަދިޔާ ލިބިގެންދާނެ ކަމަށް އުރީދޫއިން ބުންޏެވެ.
ކޮންމެ ދުވަހެއްގެ ކަރާ ފެޅުމުން އެ ކަރާ ފެޅުމުގައި ބައިވެރިވާ ހުރިހާ ކުޅުންތެރިންނަށް ހަދިޔާ ލިބިގެންދާނެ އެވެ. މީގެ ތެރޭގައި އެކި ކަހަލަ ޑޭޓާ ޕެކުތައް ހިމެނެ އެވެ. އަދި ކޮންމެ ދުވަހަކު ކަރާ ފެޅުމުގައި މޮޅުވާ ލަޝްކަރުގެ އެއް ނަސީބުވެރި ކުޅުންތެރިއަކަށް ހާއްސަ އިނާމެއް ލިބިގެންދާނެ އެވެ. މީގެ ތެރޭގައި ފައިސާގެ އިނާމު، ޓީވީ، ކެމެރާ، ޕީއެސް 5 އަދި ހިފާ ގެންގުޅޭ ސާމާނު ހިމެނެ އެވެ.
މީގެ އިތުރުން ރަމަޟާން މަސް ނިމުމުން މުޅި ގޭމުން މޮޅުވާ ޓީމުގެ ނަސީބުވެރި އެއް ކުޅުންތެރިއަކަށް ޑްރޯން، ޕޮކެޓް އޮސްމޯ، އައިޕޯނު، ފޯނު، މެކްބުކް އަދި އެންމެ މަތީ ފަންތީގެ ޓެކް އެސެންޝަލް ތަކެތި ހިމެނޭ ގޮތަށް 100،000 ރުފިޔާގެ އަގުހުރި އިނާމު ބަންޑްލްއެއް ލިބޭނެ އެވެ.
ކަރާ ފެޅުން ގޭމަކީ ރޯދަމަސް ފަދަ ހާއްސަ މުނާސަބަތުތަކުގައި މުޖުތަމައު އެއްބައިވަންތަކަން ގެނެސްދޭ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް އުރީދޫން ކުރަމުން އަންނަ މަސައްކަތެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;