އެމްބިއުލާންސްތައް ރަށްރަށަށް ގެންދިޔުމަށް ހެލްތު މިނިސްޓްރީން އެމްޕީއެލްއާއި ހަވާލުކުރު މަސައްކަތް އެ ކުންފުނިން ފެށީ މިދިޔަ ޖަނަވަރީ 17 ގައެވެ. އަދި މި މަސައްކަތް މިމަހުގެ 14 ނިންމާފައިވާކަމަށް އެމްޕީއެލުން ބުނެއެވެ.
އެ އެމްބިއުލާންސްތައް ފޮނުވީ އެމްބިއުލެންސް ހަލާކުވެފައި ނުވަތަ އެކި ކަހަލަ މައްސަލަތައް ދިމާވެފައި ހުރި ރަށްތަކަށްކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި އެމްބިއުލާންސްތަކުގެ އިތުރަށް މިއަހަރުގެ ތެރޭގައި އިތުރު 31 ރަށަކަށް ބޭނުންވާ އާ އެމްބިއުލާންސްތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. މީގެއިތުރުން މާލޭ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ހިދުމަތް ދިނުމަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް މިއަހަރު ގެނެސް ހިދުމަތް ފަށާނެކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;