ads
ފުލުހުން އޮޕަރޭޝަނެއްގައި
ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުން: މުސާރަށް ކުރާ ހޭދަ 7.5 ޕަސަންޓު އިތުރުވި
ޕޭ-ހާމަނައިޒޭޝަންގެ ތެރެއިން ފުލުހުންނާއި ސިފައިންގެ މުސާރައަށް ގެނެވުނު ބަދަލުތަކާއެކު މުވައްޒަފުންނަށް ކުރާ ހޭދަ އިތުރުވެފައިވުމުގެ ސަބަބުން، އެ ހަރަދު ވަނީ، ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 7.5 ޕަސަންޓު އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީން އާންމުކުރި ރިޕޯޓުން ދައްކައިފިއެވެ.
Advertisement

ފިނޭންސް އިން އާންމުކުރި މެއި މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބިފައިވާ އާމްދަނީ އާއި ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ހަރަދު ހިމަނައި، ނިމިގެންދިޔަ ހަފްތާގެ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް' ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، މިއަހަރުގެ މި މުއްދަތުގެ ތެރޭގައި އާމްދަނީގެ ގޮތުގައި 13.5 ބިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، ދައުލަތުގެ ހަރަދުގެ ގޮތުގައި ރެކޯޑުކޮށްފައިވަނީ 12.0 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި 2.1 ބިލިއަން ރުފިޔާއިން ޑެފިސިޓްވެފައި ހުރި އޯވަރޯލް ބެލެންސް އަރަނިވެފައި ހުރި 17 ވަނަ ހަފްތާއެވެ.

ސަރުކާރުގެ ފިސްކަލް ޕޮލިސީ ހަރުދަނާކުރުމަށް އެކުލަވައިލައިފައިވާ ސިޔާސަތުތައް މިއަހަރުގެ ތެރޭގައި ތަންފީޒުކުރަން ފަށައިފައިވުމާއެކު، ދައުލަތުގެ ޖުމުލަ ހަރަދު، ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ވަނީ 21.3 ޕަސަންޓު އަށް ދަށްވެފައެވެ. އެގޮތުން ދައުލަތް ހިންގުމުގެ ހަރަދު 8.6 ޕަސަންޓު އަށް އަދި ދަތުރުފަތުރުގެ ހަރަދު 21.8 ޕަސަންޓު އަށް ކުޑަކޮށް، ޖުމުލަ ރިކަރަންޓް ހަރަދު 3.3 ޕަސަންޓު ދަށްވެފައިވާކަން ރިޕޯޓުން ފާހަގަކޮށްފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް