
ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ބޯޓް އޮޕަރޭޓާސް ޓްރެއިނިން ޕްރޮގްރާމުގައި 50 ކެޕްޓަނުން ވަނީ ބައިވެރިވެފަ އެވެ.
އެލިއާ އިން ބޯޓު އޮޕަރޭޓަރުންނަށް ހާއްސަ ތަމްރީން ޕްރޮގްރާމް ފަށާފައިވާ އިރު، ޖަޕާނުގެ ޔަމަހާ ޓެކްނިކަލް އެކަޑަމީ އާއި އެލިއާ އިންވެސްޓްމަންޓް ގުޅިގެން ރާއްޖޭގައި ހިންގާ ޔަމަހާ ޓެކްނިކަލް ޓްރެއިނިންގެ މި އަހަރުގެ ޕްރޮގްރާމް މިއަދު ވަނީ އިފްތިތާހް ކޮށްފަ އެވެ.
ކަނޑުމަތީގެ ސަލާމަތާއި ޕްރޮފެޝަނަލިޒަމް އަދި އަމަލީ ތަމްރީނުތައް ހިމަނައިގެން ސިނާއަތުގެ މިންގަނޑުތަކަށް ފެތޭ ގޮތަށް، ތައްޔާރުކޮށްފައިވާ އެ ޕްރޮގްރާމުގައި ރާއްޖޭގައި އޮޕަރޭޓްކުރާ އެކި ރިސޯޓުތަކާއި، ކަނޑު ދަތުރުފަތުރުގެ ހިދުމަތް ދޭ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ އެކި މުއައްސަސާތަކުން ބައިވެރިވި އެވެ.
ޓްރެއިނިން ޕްރޮގްރާމުގައި ބައިވެރިވާ ކެޕްޓަނުންނަށް ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓު ދޭނެ އެވެ.
އެލިއާ އަކީ ރާއްޖޭގެ އެންމެ މަގުބޫލު އެއް އިންޖީނު ޔަމަހާ އިންޖީނުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. އެ ކުންފުނިން ޔަމަހާއާ ގުޅިގެން ވެސް މިފަދަ އެކި ތަމްރީނުތައް ބާއްވަ އެވެ.