
ތިނަދޫގެ ކުރީގެ ހުކުރު މިސްކިތް ކައިރިން ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވީ ސައިކަލް ދުއްވަން އިން 31 އަަހަރުގެ އަންހެނަކަށެވެ. އަނިޔާވީ އަންހެން މީހާގެ ބޮލަށެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ މިމަހުގެ 27 ވަނަދުވަހުގެ މެންދުރުފަހުއެވެ.
ތިނަދޫ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު، އެމަޖެންސީގައި ހަމަ އެދުވަހު މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފެށިކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެމީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާކަމަށް ފުލުހުން މިރޭ ވަނީ ބުނެފައެވެ.
ނަމަވެސް، ފުލުހުން މިރޭ ބުނީ އެ އަންހެން މީހާގެ ސިކުނޑީގެ އޮޕަރޭޝަނަކަށް ފަހު އިންފެކްޝަން އުފެދުމުގެ ސަބަބުން އޭނާގެ ހާލު ސީރިއަސްވެގެން އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށެވެ.
މި އެކްސިޑެންޓްގައި ކާރު ދުއްވަން އިން މީހާއާ ސުވާލުކުރުމަށް ފަހު ވަނީ ދޫކޮށްލާފައެވެ.