ads
ކުޑަކުދިންގެ ދުވަސް ފާހަގަކުރަން ކުޑަކުދިންގެ ހަވީރުތަކެއް
މިއަހަރުގެ ކުޑަކުދިން ދުވަސް ފާހަގަކުރަން މާލޭގައި ކުޑަކުދިންގެ ހަވީރުތަކެއް ބާއްވަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
Advertisement

ކޮންމެ އަހަރެއްގެވެސް މޭ މަހުގެ 10 ވަނަދުވަސް ފާހަގަކުރަނީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަހަރުގެ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަން މިނިސްޓްރީއާއި ސްކޫލްތައް ގުޅިގެން ގިނަގުނަ ތައްޔާރީތަކެެއް ވަމުން އަންނަކަމަށެވެ. އެގޮތުން މާލޭ ސަރަހައްދުގައި ހާއްސަ ކުޑަކުދިންގެ ހަވީރުތަކެއް ބޭއްވުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުނެއެވެ. 

މާލޭގައި ކުޑަކުދިންގެ ހަވީރުތައް އޮންނަ ސަރަހައްދުތައް

  • ހެންވޭރު ދަނޑު
  • ރަސްފަންނު
  • ސެންޓަރަލް ޕާކު
  • ވިލިމާލެ 
  • ޖުމްހޫރީ މައިދާން 
  • ސަލްޓަންޕާކު

މި ހަރަކާތްތައް އިންތިޒާމުކުރެވިގެން ދާނީ ކުޑަކުދިންނާއި ގުޅޭ ޝައުގުވެރި ތައުލީމީ ހަތަކާތްތަކާއި މަޖާ ކުޅިވަރުތަކުގެ އިތުރުން މުނުފޫހިފިލުވުމުގެ ހަރަކާތްތައްވެސް ހިމެނޭ ގޮތަށްކަމަށް މިނިސްޓްރީން ބުނެއެވެ. އެހެންކަމުން މި ކުޑަކުދިންގެ ހަވީރުތަކުގައި ބައިވެރިވެ، އާއިލާއާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށް ދިޔުމަށް މިނިސްޓްރީން އެދެއެވެ. 

މީގެ އިތުރުން ރާއްޖޭގެ ހުރިހާ ސްކޫލްތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ކުރިޔަށް ގެންދާނެކަަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އޭގެތެރޭގައި ސްކޫލްތަކުގައި ބާއްވާ ހާއްސަ އެސެމްބަލީތަކާއި އެހެނިހެން ހަރަކާތްތައް ހިމެނޭކަމަށް މިނިސްޓްރީން ބުނެއެވެ. 

މި ހަރަކާތްތަކުގެ ތެރޭގައި ކުޑަކުދިންނަށް އެ ކުދިންގެ ހައްގުތަކާއި ގުޅޭ މައުލޫމާތު ދީ އެ ކުދިންނާ މެދު ގައުމުގެ ތަސައްވަރު ކިޔާދޭނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ. އަދި މި ހަރަކާތްތައް ރޭވިގެންދަނީ ކްލާސްރޫމްގައި ކިޔަވާދޭ ގަޑިތައް ނުގެއްލޭގޮތަށް ކަން ސްކޫލްތަކުން ކަށަވަރުކުރާނެކަަމަށް އެޑިއުކޭޗަން މިނިސްޓްރީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް