ads
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް، ސާޖިދާ މުހައްމަދު
ރައީސް ދަރިފުޅާ ގުޅޭ މައްސަލަ ލައިވްނުކުރަން ކޯޓުން ނިންމައިފި
ރައީސްގެ ދަރިކަލުންނާއި ގުޅޭގޮތުން ވާހަކަ ދެއްކި މައްސަލަގައި އެމަނިކުފާނުގެ އަނބިކަނބަލުން ދައުވާކުރާ މައްސަލައިގެ އަޑުއެހުންތައް ލައިވް ނުކުރަން ސިވިލްކޯޓުން ނިންމައިފިއެވެ.
Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން، އުމެއިރު މުހައްމަދު މުއިއްޒު ވޭޕްކުރާ ކަމަށް މަންދީ ތުހުމަތުކޮށް ދެއްކި ވާހަކަތަކާ ގުޅިގެން، ފަސްޓްލޭޑީ ސާޖިދާ އަހުމަދު ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ދައުވާ އުފުލާފައެވެ. 

މި މައްސަލާގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ ދައުވާ އުފުލާފައިވަނީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި އެ ޕާޓީގެ މެމްބަރު މަރިޔަމް ޒުބައިރު (މަންދީ ޒުބައިރު) ގެ މައްޗަށެވެ. 

މި މައްސަލައިގެ ޝަރީއަތްތައް ފަށާފައިވާއިރު އެ ތިން އަޑުއެހުން ވެސް އެކީގައި ކުރިއަށްގެންދަން ކޯޓުން ވަނީ ނިންމައިފައެވެ.

މި މައްސަލާގައި ސާޖިދާގެ ފަރާތުން އެދިވަޑައިގެންފައި ވަނީ އަޑުއެހުންތައް ވީޑިއޯ މެދުވެރިކޮށް ވަގުތުން ލައިވްކުުރުމަށެވެ. އެހެންނަމަވެސް އެ މައްސަލަ ބެއްލެވި ގާޒީ ނިންމެވީ ކުޑަކުއްޖެއްގެ މަސްލަހަތު އެ މައްސަލައިގައި ހިމެނޭތީ އަޑުއެހުން ސިއްރު ކުރުމަށެވެ.

" މި ދެ ގަޒިއްޔާއަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ އަދި މައިގަނޑު ހުސޫމާތް ކުޑަކުއްޖަކަށް އަމާޒުވާ ގޮތަށް ހުށަހެޅިފައިވާ މައްސަލަތަކެއް ކަމުގައިވާތީ މި މައްސަލައިގެ އަޑުއެހުންތައް ބްރޯޑްކާސްޓް ނުކުރުމަށާއި ކުއްޖާގެ މަސްލަހަތު ހިމާޔަތް ކުރުމުގެ އަސާސް ނެގެހެއްޓުމުގެ ގޮތުން މި މައްސަލަތަކުގެ ޝަރީއަތުގެ އެންމެހައި އަޑުއެހުންތައް އާންމުކޮށް ހުޅުވައިނުލާ ކުރިއަށް ގެންދިޔުމަށް ނިންމައިފިން،" ގާޒީ ވިދާޅުވިއެވެ.

ސާޖިދާގެ ފަރާތުން އެ މައްސަލައިގައި ދައުވާ އުފުލާފައި ވަނީ ރެހެންދި ޗެމްބާސް އިންނެވެ. އެ ޗެމްބާސް އިން ނެރުނު ބަޔާނެއްގައި ބުނީ  މަންދީ އާއި ފައްޔާޒްގެ އިތުރުން އެމްޑީޕީގެ މައްޗަށް ދައުވާ އުފުލީ ރައީސް ޑރ މުއިއްޒު ދަރިކަލުން އުމައިތް މުހައްމަދު މުއިޒަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކުގެ ސަބަބުން އުމައިރުގެ ނަފުސަށާއި ފުރާނައަށް ނުރައްކާވެދާނެ ހާލަތެއް މެދުވެރިކުރުވައި އުމައިރުގެ ކިޔެވުމާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ފަދަ ހާލަތެއް މެދުވެރުކޮށްފައި ވަތީ ކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް