ads
އޮރެންޖު ހިޔާ ތެލަސީމިއާ ސެންޓަރު ނިންމުމަށްފަހު ސިފައިން ލޭ ހަދިޔާކުރަނީ
ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ނިންމި ސިފައިންނަށް ރައީސްގެ ޝުކުރު
ތެލެސީމިއާ ސެންޓަރު ހުޅުމާލޭ އޮރެންޖް ހިޔާއަށް ބަދަލުކުރުމުގެ މަސައްކަތް އެމްއެންޑީއެފް އިން ތާވަލާ އެއްގޮތަށް ނިންމާލާފައިވާތީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު އެމްއެންޑީއެފްއަށް ޝުކުރު އަދާކޮށްފިއެވެ.
Advertisement

ތެލެސީމިއާ ކުދިންނަށް ކުރިމަތިވެފައިވާ މައްސަލަ ހައްލުކުރުމަށް ހުޅުމާލޭގައި އޮރެންޖް ހިޔާ ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ބަޔަކާ ހަވާލުކޮށްގެން އެކަށީގެންވާ ހަލުވި ދުވެއްޔެއްގައި ކުރިއަށް ނުދާތީ، މިދިޔަ މާރިޗު 27 ވަނަ ދުވަހު ރައީސް މުއިއްޒު އެ މަސައްކަތް ގައުމީ މަސައްކަތެއްގެ ގޮތުގައި އެމްއެންޑީއެފްއާ ހަވާލުކުރެއްވިއެވެ. އަދި އެއް މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމައި، މިއަހަރުގެ ތެލެސީމިއާ ދުވަހު އެތަން ހިދުމަތަށް ގެންނަވާނެ ކަމަށްވެސް އޭރު ވިދާޅުވިއެވެ.

ސިފައިން މި މަސައްކަތް ފެށީ މާރިޗު 28 ވަނަ ދުވަހުއެވެ. ކުރީގެ ޑިޒައިނަށް ބައެއް ބަދަލު ގެނެސް، ކުޑަކުދިން ގަޔާވާ ފަދަ ގޮތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ސިފައިން ބުނީއެވެ. ސިފައިންގެ އެކި ޑިޕާޓުމަންޓުތަކުން މިކަމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ޕްރޮޖެކްޓްގެ ހުރިހާ ކަމެއް ބެލެހެއްޓީ އެމްއެންޑީއެފްގެ ސަރވީސް ކޯގެ ބެލުމުގެ ދަށުންނެވެ. 1994 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން ދިޔަ މޯލްޑިވިއަން ބްލަޑް ސަރވިސްގެ އިމާރާތުގައި ހިންގަމުން ދިޔަ ތެލެސީމިއާގެ ހިދުމަތްތައް މިހާރުވަނީ ހުޅުމާލޭ އޮރެންޖް ހިޔާއަށް ބަދަލުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް