ads
އަނިޔާވެރި އިޒްރޭލު ސިފައިން ގައްޒާގައި: ފޮޓޯ ސީއެންއެން
އިޒްރޭލުން ގައްޒާ އެއްކޮށް ހިފުމުގެ ޕްލޭނާ ޔޫރަޕުގެ 6 ގައުމަކުން ދެކޮޅު ހަދައިފި
އިޒްރޭލުން ގައްޒާ އެއްކޮށް ހިފުމުގެ ޕްލޭނާ ދެކޮޅަށް ޔޫރަޕުގެ 6 ގައުމަކުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
Advertisement

މި ގައުމުތަކުން ބުނެފައިވަނީ އިޒްރޭލުގެ މި ހަރަކާތަކީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.

މި މަހު 7 ވަނަ ދުވަހު މިކަމާ ދެކޮޅު ހަދައި އެކަން ކުށްވެރިކުރަން، ސްޕެއިން، އައިސްލެންޑް، އަޔަލެންޑް، ލަކްސެމްބާގް، ނޯވޭ އަދި ސްލޮވީނިއާގެ ފޮރިން މިނިސްޓަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިޒްރޭލުން ގައްޒާ އެއްކޮށް ހިފައި ބެހެއްޓުމުގެ ޕްލޭނަކީ "ނުރައްކާތެރި އިތުރުވުމެއް" ކަމަށެވެ. އަދި މި ޕްލޭނުގެ ސަބަބުން ފަލަސްތީނުގެ މީހުން ގައްޒާގެ ދެކުނަށް ބަދަލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން، މާޗް 30 ވަނަ ދުވަހުން އިން ފެށިގެން އިޒްރޭލުން ގައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން ހުއްޓުވާލާފައިވާތީ، ކާނާ، ތެޔޮ އަދި ބޭސް ފަދަ ތަކެތީގެ ދަތިކަން އިތުރުވެފައިވާ ކަމަށް ބުނެފައިވެއެވެ.

އިޒްރޭލުން މި މޭމަހުގެ 5 ވަނަ ދުވަހު ފާސްކުރި ޕްލޭނުގައި ހިމެނެނީ ހަމާސް ބަލިކޮށް، ހިފެހެއްޓިފައިވާ ރަހީނުން ދޫކޮށްލުމަށް މަސައްކަތްކުރާނެކަމަށެވެ. އަދި ހަމާސްއިން އެހީ ބެހުމުގެ ކަންތައް ކޮންޓްރޯލް ކުރުން ހުއްޓުވާނެކަމަށެވެ. ނަމަވެސް، ޔޫއެންއާއި އެހީ ޖަމިއްޔާތަކުން ވަނީ މި ޕްލޭނުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން އަނިޔާވެގެން ދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ބުނެފައެވެ. މިހާރުވެސް ގައްޒާގެ އާބާދީގެ 90 ޕަސަންޓަށްވުރެ ގިނަ މީހުން ވަނީ އެތަން ދޫކޮށް ގޮސްފައެވެ. އަދި ބަނޑުހައިހޫނުކަން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމަކީ ހަނގުރާމައިގެ ކުށެއް ކަމަށްވެސް ޔޫރަޕުގެ ގައުމުތަކުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް