އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ޖޯން ބުނެފައި ވަނީ ފިލްމު ކުޅޭ އިރު ހުރިހާ ޖޯންރާ އެއްގެ ފިލްމު ކުޅުން މުހިންމު ކަމަށާއި އެހެން ނަމަވެސް އަޑަލްޓް ކޮމެޑީ ފިލްމު ކުޅެން އޭނާ އެހާ ބޭނުން ނުވާކަމަށެވެ. އަދި ބިިރުވެރި ފިލްމެއް ކުޅެލަން ބޭނުންވާ ކަމަށް ވެސް ޖޯން ވަނީ ބުނެފަ އެވެ.
ޖޯން ވަނީ އޭނާ އެންމެ ކުޅޭ ހިތް ވަނީ ކޮންޓެންޓް ޑްރައިވެން ފިލްމުތައް ކަމަށް ފާހަގަކޮށްފައެވެ. އެގޮތުން އޭނާގެ ފަހުގެ ފިލްމުތައް ކަމަށްވާ ސައްތުޔަމެވަ ޖަޔަތޭ އާއި ބަޓްލާ ހައުސް ފަދަ ފިލްމުތައް ޕްރޮޑިއުސް ކޮށް ކުޅޭ ހިތްވާ ކަމަށް އޭނާ ބުންޏެވެ. އަދީ އޭނާ ޕްރޮޑިއުސް ކުރާ ކޮންމެ ފިލްމަކުން އޭނާ ފެނުން ކޮންމެހެން މުހިންމު ނޫންކަމަށް ވެސް ޖޯން ވަނީ ބުނެފައެވެ.
އެޓޭކް، މުމްބާއީ ސާގާ އަދި ސައްތުޔަމެވަ ޖަޔަތޭ 2ގެ މަސައްކަތް ޖޯން ދަނީ މިހާރު ކުރަމުންނެވެ.
ގިނަ އަދަދެއްގެ ބައެއްގެ މެދުގައި މަގުބޫލު ކަން ހޯދާފައިވާ ޖޯން އަބްރަހަމް އަކީ ގިނަ އަދަދެއްގެ ޖޯންރާ ތަކުން ތަފާތު ގިނަ ފިލްމުތަކުން ބެލުންތެރިންނަށް ފެނިފައިވާ ތަރިއެކެވެ.