ads
ޔުމްނު ފުރުވާލަން އެއާޕޯޓްގައި
ޔުމްނުގެ ބަޔާން ނަގަން އާއިލާއިން އެއްބާރުލުން ނުދޭ، ފުލުހުން މެލޭޝިޔާގައި
ބުރުޒުމަގުގައި ހުންނަ ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގަށް ޔުމްނު ބަޔާން އާއިލާގެ ފަރާތުން އެއްބާރުލުން ނުލިބޭކަން އެނގިއްޖެއެވެ.
Advertisement

ޔުމުނު ވެއްޓުނު ހާދިސާގައި އޭނާ ހޭނާރާ އޮއްވާ ހާދިސާ ހިނގިތާ ފަސްވަރަކަށް ދުވަސްފަހުން ފުލުހުން އެންމެ ފުރަތަމަ ބުނެފައިވަނީ ޔުމްނު ވެއްޓުމުގައި އެއްވެސް މީހެއް ބައިވެރިވުމެއް ނެތްކަމަށެވެ. އަދި ޔުމްނު އަމިއްލަ އަށް ވެއްޓުނީކަން ތަހުހީގަށް ޔަގީންކުރެވޭކަމަށް ފުލުހުން އޭރު ވަނީ ބުނެފައެވެ. 

ޔުމްނުގެ އާއިލާއިން ރޭ ވަނީ ޔުމްނުއާ ހަވާލީ ބައެއް ވާހަކަތައް އާއްމުކޮށްފައެވެ. އެގޮތުން އަމިއްލަ ވެއްޓުނީ ނޫންކަމަށް ޔުމްނު ބުނިކަމަށާއި އެރޭ އެތަނުގައި ތައުދުގެ އިތުރުން އިތުރު ހަތަރު މީހުން ތިބިކަމަށް ޔުމްނު ބުނިކަމަށްވެސް އޭނާގެ ދައްތައް ރޭ ވަނީ ބުނެފައެވެ. 

ޔުމްނު ހޭ އަރާ ވާހަކަ ދެއްކުމުން ޔުމްނު ބަޔާން ނެގިތޯ ފުލުހުންނާއި ސުވާލުކުރުމުން ފުލުހުން ބުނީ ހާދިސާ ހިނގި ދުވަހުން ފެށިގެން ފުލުހުންގެ ތަހުގީގަށް ޔުމްނުގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއް ގޮތުގައި ދެކެފައިވާނެކަމަށެވެ. 

އެހެންނަމަވެސް ޔުމްނުގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާ ހުރެ، އޭނާއާ ސުވާލުކުރުމުގެ ފުރުސަތު މިހާތަނަށް ނުލިބޭ ކަމަށާއި އެކަން މަގުފަހިވިހާ އަވަހަކަށް ތަހުގީގުން އޭނާއާ ސުވާލުކުރަން ބޭނުންވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

" މިއީ މިހާރު ވެސް ހިނގަމުންދާ ތަހުގީގެއް. މައްސަލައާ ގުޅިގެން ސުވާލު ކުރަން ޖެހޭ ފަރާތްތަކާ ސުވާލުކޮށް، އެ ފަރާތްތަކުން ފުލުހުންނަށް ދޭ މައުލޫމާތު ކަށަވަރުކުރުމަށް ތަހުގީގުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައިވެއެވެ.

އެނގިފައިވާ ގޮތުގައި ޔުމްނުގެ ބަޔާން ނެގުމަށް ފުލުހުންގެ ޓީމެއް މިވަގުތު ތިބީ ކުއާލަލަމްޕޫރުގައެވެ. އެ ޓީމުގައި ޑޮކްޓަރެއް ހިމެނޭކަންވެސް ވަނީ އެނގިފައެވެ. އެހެންނަމަވެސް ޔުމްނު ބަޔާން ނެގުމަށް އާއިލާގެ ފަރާތުން އަދި އެއްބާރުލުން ނުލިބޭކަންވެސް ވަނީ އެނގިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
86%
ވަރަށް ސަލާމް
ކޮމެންޓްސް